Ads by Exprox

ޚަބަރު

މަސްތުވާތަކެތީގެ ފަރުވާ ގޭގައި ތިބެގެން ލިބޭނެ ނިޒާމެއް މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

މަސްތުވާތަކެތީގެ ފަރުވާ ގޭގައި ތިބެގެން ލިބޭނެ ނިޒާމެއް މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

ނެޝަނަލް ޑްރަގް އެޖެންސީ ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖެނުއަރީ 2025، 12:35

12 ޖެނުއަރީ 2025، 12:35

މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ޑިޓޮކްސިފިކޭޝަންގެ ފަރުވާ އަމިއްލަ ރަށުގެ ގޭގައި ތިބެގެން ލިބިގަތުމުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި  ބަސްދީގަތުމެއްގައި ލުބްނާ ވިދާޅުވީ، މިހާރު ޑިޓޮކްސިފިކޭޝަން ފަރުވާ ދިނުމަށް އޮތީ 25 އެއްހާ ޖާގަ ކަމަށާއި، މިކަމުގެ ސަބަބުން ދިގު ކިއުގައި ތިބެންޖެހޭތީ، ސެންޓަރަކަށް ނުގޮސް އަމިއްލަ ރަށުގެ ގޭގައި ހުރެގެން ޑިޓޮކްސިފިކޭޝަން ފަރުވާ ލިބިގަނެވޭނެ އައުޓް ޕޭޝަންޓް ޓްރީޓްމެންޓް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމިއުނިޓީ ޑިޓޮކްސް ފެށުމަށް ނަރުހުންނާއި ޑޮކްޓަރުން ތަމްރީންކުރަންޖެހޭ. އަދި ރާއްޖޭގެ ރަށްރަށުގައި ކައުންސެލިންދޭ މީހުންވެސް ބިނާކުރުމަށް މަސައްކަތްކުރާނަން. ނެޝަނަލް އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އެޑިކްޝަން ސްޓަޑީސް އިންސްޓިޓިއުޓެއް އެބަހުރި އެންޑީއޭގައި. އެތަން މެދުވެރިކޮށް ތަމްރީންކުރާނީ

ލުބްނާ

ލުބްނާ އިތުރަށް ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ޑިޓޮކްސް ފަރުވާދިނުމަށް ސެންޓަރުގެ ޖާގަ 50 އަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި މައި ރީހެބިލިޓޭޝަން ސެންޓަރު، ކ.ހިންމަފުށީ ސެންޓަރުގައި 170 އެއްހާ މީހުންނަށް ފަރުވާ ދެވޭނެ ކަމަށާއި، ރަށްރަށުގައި ހުރި ކޮމިއުނިޓީ ސަރވިސް ސެންޓަރުތަކުގައި 400 އެއްހާ މީހުންނަށް ފަރުވާދެވޭނެ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ފަރުވާގެ ކިއުގައި މިވަގުތު 109 މީހުން ތިބިކަން އެންޑީއޭއިން ފާހަގަކޮށްފައިވެއެވެ. މި އައު ނިޒާމުގެ ސަބަބުން ފަރުވާ ހޯދުމަށް އެދޭ ފަރާތްތަކަށް އަވަސް ޚިދުމަތެއް ލިބި، މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco