Ads by Exprox

ޚަބަރު

ދިވެހި ފުލުހަކު، ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ދުބާއިއަށް ފުރައިފި

ދިވެހި ފުލުހަކު، ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ދުބާއިއަށް ފުރައިފި

މޯލްޑިވްސް ޕޮލިސް ފޮޓޯ؛ އެކްސް

12 ޖެނުއަރީ 2025، 01:04

”ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑާރޝިޕް" ކޯހުގައި ބައިވެރިވުމަށް، ކޮންސްޓަބަލް އާމިނަތު މުޝްރިފާ، އެކުވެރި އަރަބި އިމާރާތުގެ ދުބާއީއަށް ފުރައިފިއެވެ. 

ދުބާއި ޕޮލިސް އާއި ރޮޗެސްޓަރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ - ދުބާއި އިން އިންތިޒާމުކޮށްގެން ބާއްވާ މި ކޯހަކީ، ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ރެޒިޑެންޝަލް ޕުރޮގުރާމެކެވެ. މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ޒަމާނީ އުކުޅުތަކާއި، ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއާ ގުޅޭ އުކުޅުތަކާއި، ލީޑާރޝިޕް ހުނަރުތަކުގެ އިތުރުން، ޤާނޫނީ ދާއިރާއިން ކުރިއެރުން ހޯދުމަށް އެހީތެރިވެދޭ އައު ވިސްނުންތައް ވެސް މި ކޯހުގެ ދަސްކޮށްދެވިގެންދާނެއެވެ. 

ހަތަރު މަސްދުވަހުގެ މުއްދަތަކަށް ހިންގާ މި ކޯހުގައި، 8 އެކަޑަމިކް މޮޑިއުލާއި، 5 ޓެކްޓިކަލް މޮޑިއުލާއެކު ޖުމުލަ 13 މޮޑިއުލް ކިޔަވާދެވިގެންދާނެއެވެ. މީ، މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފުލުހަކަށް ލިބަފައިވާ ފުރަތަމަ ފަހަރެވެ. މި ކޯސް ކުރިއަށް ދާނީ، 13 ޖަނަވަރީ 2025 އިން 10 މެއި 2025 ގެ ނިޔަލަށެވެ.

މި ކޯހުގެ އެކަޑަމިކް މޮޑިއުލްތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ މުޖުތަމައާއި ޤާނޫނު ތަންފީޒުކުރުން، އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީތައް، ފުލުހުންގެ ލީޑަރޝިޕް އަދި އިނޮވޭޝަން، ސްމާޓް ސިޓީތަކުގައި ފުލުހުންގެ ހިދުމަތް ދިނުން، އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ މުހިންމު މޮޑިއުލްތައް ހިމެނެއެވެ. އަދި ޓެކްޓިކަލް މޮޑިއުލްތަކުގެ ތެރޭގައި ހަތިޔާރު ބޭނުންކުރުމާއި، ހާދިސާތައް މެނޭޖްކުރުމާއި، ކްރައިސިސް ނެގޯޝިއޭޝަން ފަދަ އަމަލީ ތަމްރީނުތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco