Ads by Exprox

ޚަބަރު

ހިޔާ ޓަވަރު 3 ގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

ހިޔާ ޓަވަރު 3 ގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

ހިޔާ ޓަވަރު ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖެނުއަރީ 2025، 01:47

12 ޖެނުއަރީ 2025، 01:47

މިއަދު ހެނދުނު ހިޔާ ޓަވަރު 3 ގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ވެއްޓި އަނިޔާވި ފަރާތަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެ ފަރާތުގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މި ވަގުތު ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ. ހާދިސާ ހިނގައިދިޔަ ގޮތާއި، އޭގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS