ކުޅިވަރު / ޚަބަރު

ފެންވަރު ރަނގަޅު ކޯޓަކާ އެކު ފަރެސްމާތޮޑާގައި ޓެނިސް ތާރަފްކޮށްފި

ފެންވަރު ރަނގަޅު ކޯޓަކާ އެކު ފަރެސްމާތޮޑާގައި ޓެނިސް ތާރަފްކޮށްފި

ޓްރެއިނިންގ ޕުރޮގުރާމުގެ ތެރެއިން ފޮޓޯ: ޕީއެސްއެމް

12 ޖެނުއަރީ 2025، 04:25

ރާއްޖޭގައި ޓެނިސް ފުޅާކުރުމުގެ ގޮތުން ގދ.ފަރެސްމާތޮޑާގައި ފެންވަރު ރަނގަޅު ޓެނިސް ކޯޓެއް އަޅައި، ދިގު މުއްދަތަކަށް ދެމިގެން ދާނެ ފަދަ ޓްރެއިނިން ޕުރޮގުރާމުތަކެއް ފަށައިފިއެވެ. 

ޓެނިސް އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު އަޅާފައިވާ މި ކޯތުގައި މިހާރު ދަނީ، ރޭގަނޑު ކުޅެވޭނެ ފަދަ މެޗުތައް ބޭއްވުމަށްޓަކައި ލައިޓުތަކެއް ހަރުކުރަމުންނެވެ. 

ރާއްޖެގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ފާއިހު ފަޒީލާއި، ޓެނިސް އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރެއްގެ އިތުރުން، ބޭރު ކޯޗެއް ހިމެނޭ ވަފުދެއް މި މަސައްކަތުގައި ކެނޑިނޭޅި ހަރަކާތްތެރިވަމުން އެބަދެއެވެ. ޓެނިސްގެ ރޮނގުން ހުނަރުވެރި ޖީލެއް ބިނާކުރުމަށްޓަކައި، ދިގު މުއްދަތަކަށް ރަށުގައި ހުންނާނެ ކޯޗެއް ހޯދުމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

ހުވަދޫ ސްކުލާއި ގުޅިގެން މިވަގުތު ޓްރެއިނިން ޕުޮގުރާމު ފަށާފައި ވަނީ 7 އަހަރާއި، 8 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް، މުސްތަގުބަލުގައި ތަފާތު އުމުރުފުރާތަކަށް އަމާޒުކޮއްގެން ޓްރެއިނިން ޕުރޮގުރާމުތައް ބާއްވުމަށް ވަނީ ނިންމާފައެވެ. 

މިއީ ފަހުގެ ތާރީހެއްގައި މާލެ ނުން ރަށެއްގައި ޓެނިސް ކޯޓެއް އަޅައި، މި ހުނަރު ކުރިއެރުވުމަށް ކުރެވެމުންދާ ދެވަނަ މަސައްކަތެވެ. މި މަސައްކަތް މިގޮތަށް ކުރުމުގެ މަޤްސަދަކީ، އަތޮޅުތެރޭގައި މި ކުޅިވަޅު ކުޅޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދު އިތުރު ކުރުން ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން