Ads by Exprox

ޚަބަރު

ޒައިނަބުގެފާނުގެ ޒިޔާރާތް ގޮއްވާލަން އައިއެސް ޖަމާއަތުން މަސައްކަތްކޮއްފި

ޒައިނަބުގެފާނުގެ ޒިޔާރާތް ގޮއްވާލަން އައިއެސް ޖަމާއަތުން މަސައްކަތްކޮއްފި

ސައްޔިދަހް ޒައިނަބް ފޮޓޯ؛ އިންޓާރނެޓް

12 ޖެނުއަރީ 2025، 07:47

ސޫރިޔާގެ ވެރިރަށް ކަމަށްވާ ދިމިޝްޤުގެ ރަށްބޭރުގައި ހުންނަ  مُحَمَّدٌ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَގެ ދަރިކަނބަލުންނަށް ނިސްބަތްކޮށް ބިނާކުރެވިފައިވާ ޒައިނަބުގެފާނުގެ ޒިޔާރަތަށް، އައިއެސް ޖަމާޢަތުން ދޭން އުޅުނު ބޮޑު ގެއްލުމެއް ހުޓުވައިފައި ވާކަމަށް ސޫރިޔާގެ ޖާސޫސީ އިދާރާ، ޖެނެރަލް އިންޓެލިޖެންސް ޑިރެކްޓޮރޭޓަރުން ބުނެފިއެވެ. 

އެ އިދާރާއިން ބުނެފައި ވަނި، އެ ޒިޔާރާތުގެ ތެރޭގައި ބޮމެއްގޮއްވާލުމަށް މަސައްކަތް ކުރަނިކޮށް އެ ހަމަލާ ހުއްޓުވާ، އެ މަސައްކަތުގައި ބައިވެރިވި އައިއެސް ޖަމާއަތުގެ މީހުން ހައްޔަރުކޮއްފައި ވާކަމަށެވެ. ހަމައެހެންމެ، ސޫރިޔާގެ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއެކު، އައިސް ޖަމާޢަތުން ސޫރިޔާއަށް އަނެއްކާވެސް އަތްގަދަކުރަން މަސައްކަތް ކުރާ ކަމުގެ ބިރު އެ ޒިޔާރަތަށް ދޭން އުޅުނު ޙަމަލާއާ އެކު ވަނީ އިތުރަށް ބޮޑުވެފައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

ސޫރިޔާގައި ވެރިކަމާ މިވަގުތު ހަވާލުވެ ހުންނެވި ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)އަކީ މުސްލިމުންގެ ސުންނީ ޖަމާއަތަށް ނިސްބަތްވާ ފަރާތެއްކަމުން، އެ ގައުމުގެ ޝީޢީންނާއި، ނަޞާރާއިން ފަދަ ބައިމަދު ދަރިކޮޅުތަކާމެދު ތަފާތުކުރުމުގެ ފިޔަވަޅުތައް އަޅައިފާނެކަމުގެ ބިރު އެ ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. 

ޝީޢީންގެ މެދުގައި މަޤުބޫލު ބިނާއަކަށް، ސޫރިޔާގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް އެޗްޓީއެސުން ބުނަމުންދާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ގެއްލުމެއް ލިބެން އުޅުމަކީ، އެ ފަރާތްތަކުގެ ބިރުވެރިކަން އެތައް ގުނައަކަށް އިތުރުވެފައިވާ ސަބަބެކެވެ. 

މީގެ ކުރިން ވެސް އައިއެސް ޖަމާއަތުގެ ހަމަލާތައް މި ބިނާއަށް އަމާޒުކޮށްފައިވެއެވެ. މިގޮތުން 2017 ވަނަ އަހަރު، މި ޒިޔާރަތުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި 40 މީހުން ވަނީ މަރުވެފައެވެ. 

މިސްކިތަކާއެކު ބިނާކޮށްފައިވާ މި ޒިޔާރާތަށް ވަނީ، އަސަދުގެ 13 އަހަރުގެ ދިގު ވެރިކަމުގައި، އެ ޒިޔާރަތުގެ ދިފާޢުގައި ޝިޔަޢީންގެ ހަނގުރާމަވެރި ޖަމާޢަތްތައް އެ ސަރަޙައްދަށް ޖަމާވެފައެވެ.

ނަމަވެސް، އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އެޖަމާއަތްތަކުގެ ބާރު އެ ސަރަހައްދުގައި ދަނީ، ދުވަހަކަށްވުރެ ދުވަހެއް ދައްވަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco