ދުނިޔެ / ވިޔަފާރި

ޝެއިން އޮންލައިން ފެޝަންގެ ދުނިޔޭގެ ފަހަތުގައިވާ ހިތާމަވެރި ހަޤީޤަތް

ޝެއިން އޮންލައިން ފެޝަންގެ ދުނިޔޭގެ ފަހަތުގައިވާ ހިތާމަވެރި ހަޤީޤަތް

ޝެއިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2025، 12:03

13 ޖެނުއަރީ 2025، 12:03

ޗައިނާގެ ގުއަންޒޫ ސިޓީގެ ޕަންޔޫ ސަރަހައްދުގައި ހުރި ޝެއިން ފެކްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދުވާލަކު 12 ގަޑިއިރު މަސައްކަތްކުރާ ކަމަށް ބީބީސީން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފާސްޓް ފެޝަން ރީޓެއިލަރ ކަމަށްވާ ޝެއިންގެ ސަޕްލައި ޗެއިންގެ މައި މަރުކަޒެވެ.

ބީބީސީން ވަނީ މި ސަރަހައްދުގެ 10 ފެކްޓްރީއަކަށް ޒިޔާރަތްކޮށް، 4 ވެރިންނާއި 20 އަށްވުރެ ގިނަ މުވައްޒަފުންނާ ވާހަކަދައްކާފައެވެ. މި ތަހުގީގުން ދައްކާގޮތުގައި މުވައްޒަފުން ހަފްތާއަކު 75 ގަޑިއިރު މަސައްކަތްކުރެއެވެ. މިއީ ޗައިނާގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމެކެވެ.

ގިނަ މުވައްޒަފުން ބުނާގޮތުގައި އެމީހުންނަށް މަހަކު ލިބެނީ އެންމެ ދުވަހެއްގެ ޗުއްޓީއެވެ. "މަހެއްގައި 31 ދުވަސް އޮތަސް އަހަރެން 31 ދުވަހު މަސައްކަތްކުރަން ޖެހޭ،" އެއް މުވައްޒަފަކު ބީބީސީއަށް ބުންޏެވެ.

ޝެއިންގެ ކާމިޔާބީގެ ސިއްރަކީ ގިނަ އަދަދަކަށް އަދި އަގުހެޔޮކޮށް އުފެއްދުންތައް ވިއްކުމެވެ. ނަމަވެސް މި ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި  މުވައްޒަފުންގެ ޙައްޤުތައް ގެއްލިފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

ޝެއިންއިން ބުނާގޮތުގައި އެ ކުންފުނިން ވަނީ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިލިއަން ޑޮލަރުތަކެއް އިންވެސްޓްކޮށްފައެވެ. އަދި ސަޕްލަޔަރުން ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން