Ads by Exprox

ޚަބަރު

ށ. ފުނަދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ޤިރާޔަތު ކޯސްތަކަށް ފުރުޞަތު ހުޅުވައިލައިފި

ށ. ފުނަދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ޤިރާޔަތު ކޯސްތަކަށް ފުރުޞަތު ހުޅުވައިލައިފި

އިސްލާމިކް ޔުނިވަރސިޓީ ފޮޓޯ:އިސްލާމިކް ޔުނިވަރސިޓީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2025، 12:24

13 ޖެނުއަރީ 2025، 12:24

ށ. ފުނަދޫގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ސެޓްފިކެޓް ލެވެލްގެ ޤިރާޔަތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިއީ އަތޮޅުތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ.

ށ. ފުނަދޫ ކައުންސިލާ ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާޔަތު ލެވެލް 2، އަރަބިކް ލެންގުއޭޖް ލެވެލް 3 އަދި ޤިރާޔަތު ލެވެލް 4 ހިމެނެއެވެ. މި ކޯސްތަކަކީ އިސްލާމިކް ޔުނިވަރސިޓީން ހިންގާ ކޯސްތަކެކެވެ.

ޤިރާޔަތު ލެވެލް 2 ކޯހުގައި ބައިވެރިވުމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރޭގައި ގްރޭޑް 6 ފުރިހަމަކޮށްފައިވާ ނުވަތަ އުމުރުން 16 އަހަރު ފުރި، ދިވެހިބަހުން ވާހަކަދެއްކުމުގެ ޤާބިލުކަން ހުރި ފަރާތްތައް ނުވަތަ ޤިރާޔަތު ލެވެލް 1 ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. މި ކޯހަކީ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކޯހެކެވެ. އަދި ކޯހުގެ ފީއަކީ 1,820 ރުފިޔާއެވެ.

މީގެ އިތުރުން، ޤިރާޔަތު ލެވެލް 4 ކޯހުގެ ފީއަކީ 9,270 ރުފިޔާ އަދި އަރަބިކް ލެންގުއޭޖް ލެވެލް 3 ކޯހުގެ ފީއަކީ 2,300 ރުފިޔާއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިފަދަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަތޮޅުތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. މިއީ އަތޮޅުތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS