ޚަބަރު
މިއަންނަ ހަފްތާގައި 100 ރުފިޔާގެ އައު ނޫޓު ދައުރުކުރަން ފަށަނީ
100 ރުފިޔާގެ އައު ނޫޓު---
ހުލާސާ
100 ރުފިޔާގެ އައު ނޫޓު ނެރުނު ނަމަވެސް، ކުރީގެ ޗާޕު ވެސް ދައުރުކުރާނެކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވޭ.
މިއަންނަ ހަފްތާގެ އާދީއްތަ ދުވަހު 100 ރުފިޔާގެ އައު ނޫޓު ދައުރުކުރުމަށް ނެރޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.
100 ރުފިޔާގެ އައު ނޫޓު ނެރުނު ނަމަވެސް، ކުރީގެ ޗާޕު ވެސް ދައުރުކުރާނެކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.
އައު ނޫޓުގައި ތިން ބަދަލުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ދިވެހި ރުފިޔާގެ ނިޝާން ދެ ފުށުގައި ހިމަނާފައިވުމެވެ. އަދި މި ނޫޓުގައި ކުރީގެ ގަވަރުނަރު އަލީ ޙާޝިމްގެ ސޮއި ހިމެނޭއިރު، ތާރީހަކަށް އިންނާނީ 7 ޖުލައި 2024 އަދި 1 މުޙައްރަމް 1446 އެވެ.
New note of 100 Rufiyya
ދިވެހި ރުފިޔާގެ ނިޝާނެއް ތައާރަފުކޮށްފައިވަނީ ޖުލައި 3، 2022ގައެވެ. އެ ނިޝާން ޖަހައިގެން ފުރަތަމަ ނެރުނީ 50 ރުފިޔާގެ ނޫޓު ކަމަށްވާއިރު އެ ނޫޓު ދައުރުކުރަން ފެށީ ޑިސެމްބަރު 1، 2022ގައެވެ.