ޚަބަރު
ބައިލެޓަރަލް ކޮންސްޓަލޭޝަންސްގެ ބައްދަލުވުމެއް ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ބާއްވައިފި
ދިވެހި ސަރުކާރާ އަޒަރުބައިޖާން ސަރުކާރާ ދެމެދު ބޭއްވުނު ބައިލެޓަރަލް ކޮންސަލްޓޭޝަންސްގެ ފުރަތަމަ ބައްދަލުވުމުގެ ފޮޓޯ: ފޮރިން މިނިސްޓްރީ އެކްސް
އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާއާއި، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާ ދެމެދު ބައިލެޓަރަލް ކޮންސަލްޓޭޝަންސްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވި ވަފުދުގެ އިސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ، ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއެވެ. އަދި އަޒަރުބައިޖާންގެ ވަފުދުގައި އިސްކޮށް މަސައްކަތްކުރަށްވާފައި ވަނީ އެ ޤާއުމުގެ މިނިސްޓާރ އޮފް ފޮރިން އެފެއާރސްގެ ނައިބު ރައީސް، އެލްނޫރު މަމަދޮވްއެވެ.
ޖަނަވަރީ 13ވަނަ ދުވަހުގެ މެންދުރުފަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި، ފޮރިން ސެކެޓްރީ ފާތިމަތު އިނާޔާއާއި، ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލްނޫރު މަމަދޯވް ވަނީ، އަޒަރުބައިދާނާއި، ދިވެހި ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުމުގެ ތެރެއިން ކުރިއަށްދާ ތަފާތު މަޝްރޫތަކާއި، އެއްބަސްވުންތަކާއި، ހަރަކާތްތަކަށް ރިއާޔަތްކޮށް، ތަފާތު މަޝްވަރާތަކާއެކު މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާފައެވެ.
The first round of bilateral consultations between #Maldives and #Azerbaijan was held today, reinforcing shared commitment for close collaboration and cooperation on a wide range of areas. #BilateralDialogue #Cooperation @AzerbaijanMFA 🇲🇻 🤝 🇦🇿
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 13, 2025
📃 | https://t.co/JcdzgXGQzZ pic.twitter.com/ZuN57rCNzJ
މިދިޔަ ނޮވެމްބަރު މަހު ބަކޫގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ދެމެދު ކުރިއަށްދިޔަ ހަވާސާގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި، ތަޢުލީމާއި، ޘަޤާފަތާއި، އިންވެސްޓްމެންޓް ކުރިއެރުވުމާއި، ކަނެކްޓިވިޓީގެ ދާއިރާ ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާކުރިއެރުވުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުން ފަދަ މުހިންމު މަޝްވަރާތަކެއް އިއްޔެ މެންދުރުފަހު ބޭއްވުނު ބައްދަލުވުމުގައި ކުރެވިފައިވެއެވެ.
މި މަޝްވަރާގައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން، ފޮރިން ސެކްރެޓަރީ އިނާޔާއާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޮވް ވަނީ ދެއްވާފައެވެ.
ޑެޕިއުޓީ ފޮރިން މިނިސްޓާރ މަމަދޮވް، ރާއްޖެއަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި އަޒަރުބައިޖާން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި އާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، އެޤައުމުން މައުލޫމާތުދެއްވައެވެ.
މި ވަފްދުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަށްވައި، ރާއްޖޭގެ ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދެނެގަތުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.