Ads by Exprox

ޚަބަރު

މޯލްޑިވް ގޭހުން ވިއްކާ 45 ކިލޯގެ ގޭސްފުޅީގެ އަގު ދަށްވެއްޖެ

މޯލްޑިވް ގޭހުން ވިއްކާ 45 ކިލޯގެ ގޭސްފުޅީގެ އަގު ދަށްވެއްޖެ

މޯލްޑިވް ގޭސް ޑެލިވެރީ ފޮޓޯ: މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އެކްސް

14 ޖެނުއަރީ 2025، 11:18

45 ކިލޯގެ ގޭސް ފުޅި، ނުވަތަ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސްފުޅީގެ އަގު، 1260 ރުފިޔާއިން، 1170 ރުފިޔާއަށް ކުޑަކޮށްފިއެވެ. 

45 ކިލޯގެ ގޭސް ފުޅި އާންމު ގޮތެއްގައި ބޭނުންކުރަނީ ކާބޮތަކެތީގެ ކުދި ވިޔަފާރިތައް ކުރާ ރެސްޓޯރެންޓުތަކާއި، ކެފޭތައް ހިންގާ ފަރާތްތަކުންނެވެ. މޯލްޑިވް ގޭހުން ވިދާޅުވީ، މި ބަދަލު ގަނައުމުގެ ބޭނުމަކީ ކުދި ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން، ކޮންމެ ގޭސް ފުޅިއެއްގެ އަގުން 95 ރުފިޔާ މިހާރު މިވަނީ ކުޑަކުރެވިފައެވެ. 

ކުދި އަދި މެދުފަންތީގެ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުން ހަފްތާއަކު، 45 ކިލޯގެ، 1 ނުވަތަ 2 ގޭސް ފުޅި ގަންނަކަމަށް މޯލްޑިވް ގޭހުން މައުލޫމާތު ދެއްވައެވެ. މޯލްޑިވް ގޭހުގެ އަމާޒަކީ، އަބަދުވެސް، ކުންފުނީގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެސް، އަތްފޯރާ އަގެއްގައި، ލުއިފަސޭހަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. 

ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ނުވަތަ ކައްކާ ގޭހުގެ ގޮތުގައި 5 ސައިޒެއްގެ ގޭސް ފުޅި އެ ކުންފުނިން ވިއްކައެވެ. އަދި އެހެނިހެން 10 ބާވަތެއްގެ ޕްރޮޑަކްޓް ވެސް އެ ކުންފުނީގެ ބާޒާރުން ލިބެން ހުރެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco