Ads by Exprox

ޚަބަރު

ދެދުވަސްތެރޭގައި ނުރައްކާތެރިކޮށް ދުއްވި 9 އުޅަނދެއް ހިފަހައްޓައިފި!

ދެދުވަސްތެރޭގައި ނުރައްކާތެރިކޮށް ދުއްވި 9 އުޅަނދެއް ހިފަހައްޓައިފި!

ޕޮލިހުން މަގުމަތީގައިނހަރަކާތްތެރިވަނީ. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 03:23

12 ސެޕްޓެމްބަރު 2024، 03:23

ދެދުވަސްތެރޭގައި ނުރައްކާތެރިކޮށް ދުއްވި 9 އުޅަނދެއް ހިފަހައްޓައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު ނުރައްކާތެރިކޮށް ދުއްވި 5 ކާރެއް ހިފަހައްޓައިފައިވާ ކަމަށެވެ. 

މީގެއިތުރުން 229 ސައިކަލަކާއި 30 ކާރެެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި 53 ސައިކަލަކާއި 2 ކާރަކަށް ވަނީ ފިޔަވަޅު އަޅައިފައެވެ. ހަމަމިއާއިއެކު ލައިސެންސް ނެތި ދުއްވި 8 ސައިކަލެއްގެ މައްސަލައާއި، 14 ސައިކަލަކާއި 3 ކާރެއް ޓޯކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

އަދި ރައްކާތެރި ނޫން ގޮތުގައި ސައިކަލު ދުއްވި 37 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 



މީގެއިތުރުން ސެޕްޓެމްބަރު 9ވަނަ ދުވަހުން 10ވަނަ ދުވަހު 10 ކާރަކާއި 22 ސައިކަލެއް ބަލައިފާސްކޮށްފައިވެއެވެ. އަދި ސައިކަލު ދުއްވި 19 މީހަކާއި ކާރު ދުއްވި 9 މީހަކަށް ފިޔަވަޅުއަޅައިފައިވެއެވެ. 

 ލައިސެންސް ނެތި ސައިކަލު ދުއްވި 15 މީހެއްގެ ލައިސެންސާއި، ލައިސެންސް ނެތި ކާރު ދުއްވި 2 މީހެއްގެ ލައިސެންސް އެދެދުވަހު ހިފަހައްޓައިފައި ވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މީގެއިތުރުން އެދެދުވަހު 3 ކާރަކާއި، 19 ސައިކަލެއް ވަނީ ޓޯކޮށްފައެވެ.



 އިތުރުވަމުންދާ ޓްރެފިކްގެ މައްސަލަތަކާއި، އެކްސިޑެންޓްގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ދަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco