Ads by Exprox

ޚަބަރު

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި!

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި!

މާލޭގެ ހާބަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 03:26

12 ސެޕްޓެމްބަރު 2024، 03:26

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކޮށްފިއެވެ.

މޫޑީސް އިން ބުނެފައިވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވަނީ ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށެވެ.

މޫޑީސް އިން ބުނީ، ބައިލެޓްރަލް ފައިނޭންސިން ނުވަތަ ރާއްޖޭއާ ގާތް ޤައުމުތަކުން ފައިނޭންސް ހޯދައިގެން، މިހާލަތުން އަރައި ގަންނަން ރާއްޖެއަށް ވަގުތު ލިބޭނެ ކަމަށާއި އޭރުން ޤައުމު ޑިފޯލްޓަކަށް ނުގޮސް ސަލާމަތް ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.

އެއާ އެކު ސަރުކާރުން އަޅަން ނިންމާފައިވާ ރިފޯމު ފިޔަވަޅުތައް ވެސް އެޅުމަށް ވަގުތު ލިބޭނެ ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.

މޫޑީސް އިން މިދިޔަ ޖުލައި މަހު ވަނީ އޮކްޓޫބަރު 2021 ގައި ދިން ރޭޓިން "ސީއޭއޭ1" ގައި ދަމަހައްޓައިފަ އެވެ. އެހެން ނަމަވެސް، ރޭޓިން ދަށްކުރީ، ކުރިން ފާހަގަކޮށްފައިވާ އިސްލާޙީ ފިޔަވަޅުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާތީ ކަމަށް ބުނެފައިވެއެވެ.

މޫޑީސް އިން ވަނީ ރާއްޖޭގެ ސުކޫކު ވެސް "ސީއޭއޭ2" އަށް ދަށްކޮފަ އެވެ. ސުކޫކުގެ ރޭޓިންގެ އައުޓްލުކް ވެސް ވަނީ "އަންޑަ ރިވިއު" ގައި ހިމަނައިފަ އެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރީ ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭ ގޮތުން، ބޭރުގެ ދަރަނި އިތުރުވެފައި ވުމުންނެވެ.

އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި ބަޖެޓު ޑެފިސިޓުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މޫޑީސް އިން ބުނެފައިވެއެވެ. އަދި ވޭތުވެދިޔަ މަސް ތަކުގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން ދާކަން މޫޑީސް އިން ފާހަގަ ކޮށްފައިވެއެވެ.

ދިވެހި ރުފިޔާ އާއި ބޭރު ފައިސާގެ ސީލިން ވަނީ ބީ2 އާއި ސީއޭއޭ1 އަށް ދަށްކޮށްފަ އެވެ. އެއީ ތިން ދަރަޖައިގެ ވެއްޓުމެކެވެ. މޫޑީސް އިން ބުނީ، ކުރިއަށް އޮތް 12-18 މަސް ދުވަހު ރާއްޖެއިން ދައްކަން ޖެހޭ ބޭރުގެ ދަރަންޏާ އަޅާ ބަލާ އިރު ރާއްޖޭގެ ރިޒާވު ވަރަށް ބޮޑަށް ދަށްވަމުން ދާ ކަމަށެވެ.

ރާއްޖޭގެ ރަސްމީ ރިޒާވުގައި މިވަގުތު ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ. ނަމަވެސް އެންމެ ފަހުން އާންމުކުރި ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco