Ads by Exprox

ޚަބަރު

އިންޑިޔާއިން ފަރުވާ ހޯދަމުންދިޔަ ބަލިމީހެއްގެ އާސަންދަ ކަނޑާލިކަމަށް ބުނަނީ ގޯސްކޮށް: އާސަންދަ

އިންޑިޔާއިން ފަރުވާ ހޯދަމުންދިޔަ ބަލިމީހެއްގެ އާސަންދަ ކަނޑާލިކަމަށް ބުނަނީ ގޯސްކޮށް: އާސަންދަ

އާސަންދަ އޮފީސް. ފޮޓޯ:އާސަންދަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 03:29

12 ސެޕްޓެމްބަރު 2024، 03:29

ހުލާސާ


އިންޑިޔާއިން ފަރުވާ ހޯދަމުންދިޔަ ދިވެހި ބަލިމީހެއްގެ އާސަންދަ ކަނޑާލިކަމަށްބުނެ ފަތުރަމުންދާ ވާހަކައަކީ ދޮގެއް ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. 

އާސަންދައިގެ ދަށުން އިންޑިޔާގެ ބެންގަލޫރުގެ އެސްޓަރ ސީއެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ އާއިލާއެއް ޙާލުގައި ޖައްސާފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފެތުރެމުންދާ ވާހަކަ އާއި ގުޅިގެން އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއިން އިންޑިޔާއަށް ޒަކާތުފަނޑުގެ އެހީގައި ގެންދެވިފައިވާ މީހެއް ކަމަށެވެ.

މިގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އެފަރާތަށް ހަމަޖައްސާފައިވާ ކަމަށްވެސް އާސަންދައިން ބުނެފައިވެއެވެ. 

އޭނާއަށް ފަރުވާ ދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕަތީ އަށެވެ. އިންޓަންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލްވިންގ ތެރަޕީ އދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކްއެސްޓް ފޮނުވާފައިވަނީ 14 މާރިޗު 2024 ގައެވެ.

މީގެއިތުރުން އެ މީހާގެ ޙާލަތު ފުރިހަމައަށް އިވިލުއޭޓްކުރުމަށްފަހު، އޮގަސްޓު 18 އާއި ހަމައަށް ހޭދަވި މުއްދަތުގައި ހޮސްޕޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕރޫވަލް ދީފައެވެ.

މިއާއެކު އާސަންދައިން ބުނީ، ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ގޭޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަން ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދިން ކަމަށާ ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާގެ ޕްލޭނަކާއެކު 3 ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ވެސް އާއިލާއާ ވާހަކަދެކެވިފައިވާ ކަމަށް އާސަންދައިން ވަނީ ފާހަގަކޮށްފައެވެ.

18 އޮގަސްޓް 2024ގެ ނިޔަލަށް ހޮސްޕޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދު ތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު ޖުމްލަ އަރާފައިވަނީ 89,339.91 އެމެރިކާ ޑޮލަރެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖުތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައިވާ ކަމަށްވެސް އާސަންދަގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco