Ads by Exprox

ޚަބަރު

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޚީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި!

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޚީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 03:37

12 ސެޕްޓެމްބަރު 2024، 03:37

ކ.ގުރައިދޫގައި ހިންގާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޚީ ވުޒާރާގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ބަދަލުކުރައްވައިފިއެވެ.

 އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ޢިއުލާންކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ޞިއްޚީ ވުޒާރާގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަރުކަޒަކީ ޞިއްޚީ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީކަން ބަޔާންކުރައްވާފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco