Ads by Exprox

ޚަބަރު

ސިޔާސީ ޕާޓީތަކަށް ވަނުމަށް "ސިމެދަ" ޕޯޓަލް ބޭނުންކުރުން ހުއްޓާލަނީ

ސިޔާސީ ޕާޓީތަކަށް ވަނުމަށް "ސިމެދަ"  ޕޯޓަލް ބޭނުންކުރުން ހުއްޓާލަނީ

އެލެކްޝަންސް ކޮމިޝަން ފޮޓޯ: އައްޑޫ ލައިވް

16 ޖެނުއަރީ 2025، 10:30

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމަށް ބޭނުން ކުރާ "ސިމެދަ" ޕޯޓަލް، މި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުއްޓައިލުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. 

އޮންލައިންކޮށް މެންބާރޝިޕް ފޯމު ހުށައެޅޭނެ މަގެއްގެ ގޮތުގައި ޤާއިމުވެފައިވާ "ސިމެދަ" ޕޯޓަލް ބޭނުންކުރުން ހުޓާލުމުގެ ނިންމުން ނިންމަވަންޖެހުނީ، އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަމުން ދާތީ ކަމަށާއި، އޮޅުވާލައިގެން ދަފަތަރުގައި މީހުން ރަޖިސްޓްރީކުރުމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ގޮތުންކަމަށް އެ ކޮމިޓީއިން މަޢުލޫމާތު ދެއްވާފައިވެއެވެ.  

އިލެކްޝަންސް ކޮމިޝަނުން ވަނީ، އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދި ހުށައެޅޭގޮތް، 15 ފެބުރުއަރީ 2025 ވަނަ ދުވަހުން ފެށިގެން ހެދުމަށް ނިންމަވާފައެވެ. 

އީސީއިން ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެންކަމަށެވެ. ހަމައެހެންމެ، އީސީގެ ނިމެވުންތައް އިއުލާންކުރައްވާފައި މިވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައިކަން ވެސް ފާހަގަކޮށްލެވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS