Ads by Exprox

ޚަބަރު

ގެސްޓުހައުސް ތެރޭގައި ޒަޚަމްތަކާއިއެކު ފެނުނު މީހާގެ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި!

ގެސްޓުހައުސް ތެރޭގައި ޒަޚަމްތަކާއިއެކު ފެނުނު މީހާގެ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި!

ފުލުހުން ހައްޔަރުކޮށްފައިވާ ދެމީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 03:37

12 ސެޕްޓެމްބަރު 2024، 03:37

ހެންވޭރު ގެސްޓުހައުސެއްގެ ތެރޭގައި ބޮޑެތި ޒަޚަމްތަކަކާއިއެކު އޮއްވައި ފެނުނު މީހާގެ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

 މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ކ.ތުލުސްދޫއަށް ނިސްބަތްވާ ފައުޒާން ޒަރީރު އާއި، މއ.މައްޗަންގޯޅި ވޮށްކޮޅުގެ އަޙްމަދު މާޒިން އިބަރާހިމް އެވެ.

މި މައްސަލައިގައި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓައް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އޭނާގެ ޚަބަރެއް ނުވާ ކަމަށް މަޢުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު އޭނާ ފެނިފައިވަނީ ޒަހަމްތަކަކާ އެކު އޮއްވާ ކަމަށެވެ. އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco