Ads by Exprox

ޚަބަރު

ޠައްޔިބް ޝަހީމްގެ ފޯނު ފުލުހުން ހިފަހައްޓައިފި!

ޠައްޔިބް ޝަހީމްގެ ފޯނު ފުލުހުން ހިފަހައްޓައިފި!

ޠައްޔިބް ޝަހީމް. ފޮޓޯ: އެކްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 09:13

12 ސެޕްޓެމްބަރު 2024، 09:13

ރާއްޖޭގެ ސޯޝަލް މީޑީއާ އެކްޓިވިސްޓު ޠައްޔިބް ޝަހީމްގެ ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ފުލުހުން ހިފަހައްޓައިފިއެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިތަކެތި ހިފަހައްޓާފައިވަނީ މައްސަލައެއްގެ ތަހުޤީޤެއްގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުންކަމަށެެވެ. 

ޠައްޔިބްގެ ފޯނާއި އެކު ލެޕްޓޮޕާއި ހާޑްޑްރައިވްއަކާއި ފަސް ޕެންޑްރައިވް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާއަށް އެނގިފައިވެއެވެ.

ޠައްޔިބު ގެންގުޅޭ ފޯނާއިން އެނޫންވެސް ތަކެތި ފުލުހުން ހިފަހައްޓާފައިވާއިރު، ރައީސް ޔާމީނު ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުޤީޤެއްކަމަށް ބުނެ މީސްމީޑިއާގައި އަސްލެއްނެތް ބަޔާނެއް ދައުރުކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުންގެ ރިޕޯޓެއްކަމަށް ބުނެ ނެރެފައިވާ އެދޮގު ބަޔާނާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެ ބަޔާނުގައި ބޭނުންކޮށްފައިވާ ލެޓަރ ހެޑަކީ ފުލުހުން ބޭނުންކުރަމުންދާ ލެޓަރ ހެޑާ ތަފާތު އެއްޗެއް ކަމަށެވެ. އަދި ސޮއިކޮށްފައިވަނީވެސް ފޯޖުކޮށްގެން ކަމަށް ބުނެފައިވެއެވެ. 

ބަޔާނުގެ މައްސަލާގައި ޠައްޔިބުގެ ފޯނު ހިފަހައްޓާފައިވާއިރު، އެމްޑީޕީ ސަރުކާރު ދުވަސްވަރު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސިޔާސީ މަޤާމެއްގައި ހުރި ޠައްޔިބު މި ސަރުކާރު ފެށުމުން ސްޓެލްކޯގެ ސިޔާސީ މަޤާމަކަށް ބަދަލުވިއެވެ.

ނަމަވެސް ފަހުން އޭނާ މަޤާމު ގެއްލުމާއެކު ފެނިގެންދިޔައީ ސަރުކާރަށް ފާޑުކިޔާ މީހެއްގެ ގޮތުގައެވެ. ސޯޝަލް މިޑިއާގައި ސަރުކާރުގެ އެކި ނިންމުންތަކަށް ފާޑު ކިޔާ ގިނަ މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco