Ads by Exprox

ޚަބަރު

ރާއްޖޭގައި ކުރިއަށްގެންދިޔަ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ރާއްޖޭގައި ކުރިއަށްގެންދިޔަ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ތަމްރީނު ޕްރޮގްރާމް ފޮޓޯ:ވުޒާާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2025، 05:42

17 ޖެނުއަރީ 2025، 05:42

އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ. ޖަނަވަރީ 5 އިން 16 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ ދެ މުވައްޒަފަކު ބައިވެރިވިއެވެ.

މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ޤާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޔޫކޭ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ދިވެހިރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގެ އެއްބާރުލުމާ އެކުގައެވެ.

ތަމްރީނު ޕްރޮގްރާމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި، އޭރިއަލް ސަރވައިލަންސްއާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ކިޔައިދެވުނެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ، އަލްފާޟިލް އިބްރާހީމް ނަޢީމްއާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމްގެ އިތުރުން ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS