Ads by Exprox

ޚަބަރު

އުމުރުން 33 އަހަރުގެ ދިވެއްސެއް 100 ވަނަ ފަހަރަށް ހައްޔަރުކޮށްފި!

އުމުރުން 33 އަހަރުގެ ދިވެއްސެއް 100 ވަނަ ފަހަރަށް ހައްޔަރުކޮށްފި!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2024، 09:15

12 ސެޕްޓެމްބަރު 2024، 09:15

އެކިއެކި ކުށްތަކުގެ ތުހުމަތުގައި މީގެކުރިން 99 ފަހަރު ހައްޔަރުކޮށްފައިވާ 33 އަހަރުގެ ދިވެއްސެއް 100ވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.

 އުމުރުން 33 އަހަރުގެ ވާރިޝް ޝަމްސުއްދީން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައެވެ. 

ވާރިޝް ޝަމްސުއްދީން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައި ބުނެފައިވަނީ މީގެ ކުރިން އޭނާ ވަނީ 99 ފަހަރު ހައްޔަރުކޮށް އަދި އޭގެ ތެރެއިން 39 ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށް، ބަންދުގައި ބަހައްޓައިފައި ކަމަށެވެ. 

ވާރިޝް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ މިފަހަރު ހައްޔަރުކުރީ ބަލައި ފާސްކުރި އިރު، ވަގަށް ނަގާފައިވާ އަތުކުރީ ހަތަރު ގަޑިއަކާއި ފޯނެއް ޖީބުން ފެނިގެނެވެ. 

ކޯޓުގައި ފުލުހުންގެ ބަހާއި ދެކޮޅަށް ވާރިޝް ބުނީ ވައްކަންކުރި ކަމަށް ބުނާ ގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށެވެ. އަދި އޭނާގެ ޖީބުން ފެނުނު ފޯނަކީ މަގުމަތީގައި އޮތް ފޯނެއް ކަމަށެވެ. އެ ގެ އަށް ވަނީ ވައްކަން ކުރަން ނޫން ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ވާރިޝް އަށް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަދި އެއީ ކިހިނެއް ލިބުނު އަނިޔާތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ. މި އަނިޔާތަކަށް ބޭސްފަރުވާކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ފަނޑިޔާރު ވަނީ އަންގަވައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco