Ads by Exprox

ޚަބަރު

ޑިޓޮކްސް ސެންޓަރުތަކާއެކު ކޮމިއުނިޓީ ރީހެބިލިޓޭޝަން ހިންގާނަން: ލުބްނާ

ޑިޓޮކްސް ސެންޓަރުތަކާއެކު ކޮމިއުނިޓީ ރީހެބިލިޓޭޝަން ހިންގާނަން: ލުބްނާ

އެންޑީއޭގެ ޗެއަރޕާސަން އަދި ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު / ފޮޓޯ: ޕީއެސްއެމް

18 ޖެނުއަރީ 2025، 02:22

މުޖުތަމަޢުގައި ބައިތިއްބައިގެން، މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެކަމަށާއި، ރީހަބިލިޓޭޝަން ފަރުވާ ދޭނީ ޑީޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދުނުކޮށް ކަމަށް، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާރ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި އެންމެ ގޯސްވެފައިވާ އެއް މައްސަލަކަމުގައިވާ މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ޒުވާނުންގެ އަދަދު އިތުރުވުމަކީ، އެ މައްސަލައަކަށް ހައްލެއް ހޯދައިދިނުމުގެ ވަޢުދުފުޅު ރައީސުލްޖުމްހުރިއްޔާ ވެވަޑައިގަނެފައިވާ ޢިޖުތިމާޢީ މައްސަލައެކެވެ. މިގޮތުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް އިންތިޒާމުކުރުމަކީ، އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. 

ނޭޝަނަލް ޑްރަގް އެޖެންސީ އިން މަޢުލޫމާތު ދެއްވާގޮތުގައި، މުޖުތަމަޢުގައި ބައިތިއްބައިގެން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެއެވެ. މި މަސައްކަތް ކުރުމަށް ރާއްޖޭގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހޯދަންޖެހޭ ހުއްދަ ލިބިފައިވާކަމަށް އެ އޭޖެންސީއިން މަޢުލޫމާތުދެއްވައެވެ. މި މަސައްކަތް ރާއްޖެތެރޭގައި ކުރިއަށް ދާނީ، ގިނަ ޑޮކްޓަރުންތަކެއްގެ އެހީތެރިކަމާއެކު ކަމަށް ވެސް ލުބްނާ ވިދާޅުވެފައިވެއެވެ. 

އަޅުގަނޑުމެން މި މެޑިކަލީ އެސިސްޓެޑް ޓްރީޓްމެންޓް މި ފަށަނީ ޑޮކްޓަރުންނާއި ގުޅިގެން ބޭހުގެ ޒަރީއްޔާއިން. އޭގެ މާނައަކީ ބެލެނިވެރިންނަށް ގޭގައި ނުބެލެހެއްޓޭ ކުދިން، ގޭގައި ބަހައްޓައިގެން ފަރުވާއެއް ނުދޭނެއޭ. އޭގައި އެކުއްޖާ އަދި ބެލެނިވެރިޔާގެ ޗޮއިސް ބަލާފައި މިހާރުވެސް ކުދިން ނަގާގޮތަށް ނުވަތަ ކުދިން ފަރުވާ މޯޓިވޭޓް ކޮށްގެން ގެންނަ ގޮތަށް ނޫނީ ހަމަ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ފަރުވާ ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.

ލުބްނާ ވިދާޅުވިއެވެ.

މިފަދަ ފަރުވާދިނުމުގެ ނިޒާމެއް ޤާއިމުވުމަށްފަހު ވެސް، ރާއްޖޭގައި މިވަގުތު ހުރި ޑީޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދުނުކުރާނެކަމަށް އެންޑީއޭއިން މަޢުލޫމާތުދެއްވިއެވެ. ހަމައެހެންމެ މުޖްތަމަޢުގައި ބަހައްޓައިގެން ފަރުވާ ދިނުމަށް މަޖުބޫރުނުކުރާނެ ކަމަށާއި، ފަރުވާގެ ނިޒާމަށް މީހުން ނަގާނީ އެކަމުގެ އެސެސްމެންޓު ހެދުމަށް ފަހު ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ. މީގެ ސަބަބުން ފަރުވާގެ ނިޒާމު ހަރުދަނާވެ މަސްތުވާތަކެތީގެ ސެންޓަރުގައި ބައިތިއްބައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް އަވަހަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެންޑީއޭއިން ވިދާޅުވެއެވެ.

މިއާއެކު އަޅުގަނޑުމެންނާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާނެ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓް ކުރާނެ އެންޖީއޯތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން. ޚާއްސަގޮތެއްގައި. މިއަހަރު ތެރޭ މިފަދަ އެންޖީއޯތަކަށް ފައިނޭންޝަލް ސަޕޯޓް ދެވޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަން ކުރަމުގެ މަސައްކަތް ވެސް އަޅުގަނޑުމެން، މިހާރު ބޯޑުން އެބަކުރިއަށް ގެންދަން. ރައީސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެއްބާރުލުންދެއްވާ، މިކަން ކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާފައި އޮތީ.

ލުބްނާ ވިދާޅުވިއެވެ.

ޑީޓޮކްސިފިކޭޝަން ސެންޓަރުތަކުގައި ފަރުވާދިނުމުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން، ފަރުވާ ނުލިބި، ކިއުގައި ޖެހިފައި ތިބި މީހުންގެ އަދަދު އިތުރުވުމަކީ ސަރުކާރުގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. މިއާއެކު ސަރުކާރުން، މި ފަދަ ސެންޓަރުތަކުގެ ސްޓަރަކްޗަރއަށް ބަދަލު ގެނެސް މި ނިޒާމުގެ ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco