Ads by Exprox

ޚަބަރު

އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް އިންތިޒާމްކުރުމަށް ވަޒީރު ގޮވާލައްވައިފި

އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް އިންތިޒާމްކުރުމަށް ވަޒީރު ގޮވާލައްވައިފި

އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން/ ފޮޓޯ: ޕީއެސްއެމް ނިއުސް

18 ޖެނުއަރީ 2025، 02:22

ސްކޫލުތަކުން އިތުރުހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ފަދަ ގޮތަކަށް ހަރަކާތްތައް އިންތިޒާމުކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ގޮވާލައްވައިފިއެވެ. ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިކަމަށް އެދިވަޑައިގަތީ، އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

2 ދުވަހުގެ މުއްދަތަކަށް ތަޢުލީމީ ވުޒާރާއިން ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމަކީ މި ވުޒާރާއިން މިގޮތަށް ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައި ވަނީ، ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަން ފާހަގަކުރެފައިވާކަމަށެވެ. 

އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންގއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް މޮނިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީ ވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް.

ވަޒީރު ވިދާޅުވިއެވެ.

މި  މަޝްވަރާގައި، ކުޅިވަރު ހަރަކާތްތަކާއި، އެހެނިހެން އިތުރު ހަރަކާތްތައް ބޭއްވުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް މިކަންކަން ރޭވުމަކީ، ތަޢުލީމީ ވުޒާރާއިން ކުރާ މައިގަނޑު މަސައްކަތައް ބުރޫއަރާ ފަދަ މަސައްކަތަކަށް ވެގެން ނުވާނެކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ. 

މި މަޝްވަރާ ބައްދަލުވުމުގައި 92 ބައިވެރިން ބައިވެފައިވާއިރު އޭގެތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޖަމްޢިއްޔާތަކާއި، ކައުންސިލްތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުންނާއި، އިސްލާމިކް މިނިސްޓްރީ ފަދަ މުޢައްސަސާތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco