Ads by Exprox

ޚަބަރު

އޮޕަރޭޝަން ކުރަނގި: ހޮނިހިރު ދުވަހުގެ ހަރަކާތާއެކު 25،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި

އޮޕަރޭޝަން ކުރަނގި: ހޮނިހިރު ދުވަހުގެ ހަރަކާތާއެކު 25،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މާލޭ ސަރަޙައްދުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ޖެނުއަރީ 2025، 07:32

19 ޖެނުއަރީ 2025، 07:32

ހުލާސާ

މާލޭ ސަރަޙައްދުގައި ހިންގި ހަރަކާތުގައި 1،455 ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކޮށްފައިވޭ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ބޮޑު ހަރަކާތެއް ހޮނިހިރު ދުވަހު މާލޭ ސަރަޙައްދުގައި ކުރިޔަށް ގެންގޮސްފައިވާއިރު، މި ހަރަކާތާއެކު މިހާރު 25،483 ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކުރެވިފައިވާކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ހޮނިހިރު ދުވަހުގެރޭ މިނިސްޓަރު ކުރެއްވެވި ޕޯސްޓެއްގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ހޮނިހިރު ދުވަހު މާލޭ ސަރަޙައްދުގައި ހިންގި ހަރަކާތުގައި 1،455 ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކުރެވުނެވެ. އެ ހަރަކާތް މާލޭ ސަރަޙައްދުގެ އިތުރުން، ތިލަފުއްޓާއި ގުޅީފަޅުގައި ކުރިޔަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ އިތުރު ބައެއްގެ ގޮތުގައި ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ މަސައްކަތް އެންޓި-ޓިޕް އޮފީހުގެ ފަރާތުން ވެސް ކުރިޔަށްގެންދިޔައެވެ.

މި އޮޕަރޭޝަންގެ ދުވެލި ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 15،000 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، އަދި ތިން އަހަރުގެ ޕްލޭނެއްގެ ދަށުން މިކަން ހާސިލްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް، 2027ވަނަ އަހަރުގެ އެޕްރީލް މަހު މި މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް، ﷲގެ އިރާދަފުޅާއެކު ކާމިޔާބުކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި.

ކުރަނގި އޮޕަރޭޝަނާ ގުޅިގެން މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

"އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށްފަހު، ޤަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެ ތެރެއިން ޤަވާއިދަށް ފެތެން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ދޭނެކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco