ދުނިޔެ
12 ޔޫރޯއިން، ކަށީގައި ހިފި އާދަޔާއެކު 2 ހަފްތާގެ ކޯމާއަކަށް
ޖޭމްސް ޖޯންސަން ކޯމާގައި/ ފޮޓޯ: މިރާރކޯ
އުމުރުން އެންމެ 21 އަހަރުގެ ޖޭމްސް ޖޯންސަން ބުނާގޮތުގައި، ވަޒީފައިގައި ހޭދަކުރާ ރޭގަނޑުގެ ޝިފްޓުތަކުގައި ރޭ ކުރުކޮށްލުމަށް، އެންމެ ގިނައިން ކުރެވޭކަމަކީ އޭނާގެ ވޭޕު، ހުއްޓުމެއްނެތި ބޭނުންކުރުމެވެ. ނަމަވެސް، މި އާދައިގެ ސަބަބުން އޭނާއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ވޭޕު ކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް އޭނާ ގޮވާލާފައިވެއެވެ.
ނައިޓު ކުލަބެއްގައި މަސައްކަތްކުރާ ޖޭމްސް، ކުއްލިގޮތަކަށް އަވަސްފަރުވާދޭ މަރުކަޒަކަށް ގެންދެވުނީ، ކުއްލި ގޮތަކަށް ގިނައިން ހޮޑުލެވި، ހޮޑާއެކު، ބައިވަރު ލޭ ވެސް އަނގައިން ބޭރުވަމުން ދާންފެށުމުންނެވެ. ހޮސްޕިޓަލަށް ދެވުމުން އެނގުނީ، އާދައިގެ ކަމެއްގޮތުގައި ދެކެމުންދިޔަ ވޭޕުކުރުމުގެ ސަބަބުން، 2 ހަފްތާގެ ކޯމާއަކަށް ޖޭމްސް ގޮސްފައިވާކަމެވެ.
ޖޭމްސް ބުނާގޮތުގައި، އޭނާ ބޭނުން ކުރީ، 12 ޔޫރޯގެ އައިވީޖީ 2400 ވޭޕެކެވެ. އެންމެ ވޭޕަކުން އޭނާއަށް ވަނީ 2 ދުވަހަށް ކަމަށާއި، ކޯމާއަކަށް ދާންޖެހުނީ، ވޭޕުގައި ހުރި ނުރައްކާތެރި ކެމިކަލްތައް އޭނާގެ ލޭހިނގުމުގެ ނިޒާމުގައި ހަރުލައި، ޖޭމްސް ލޫކީމިއާއަށް ފައްސިވުމުގެ ސަބަބުންނެވެ.
ކޯމާއިން ހޭލެވުމަށް ފަހު ވެސް އިތުރު 3 މަސް، ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް އޭނާ މަޑުކުރަންޖެހުނެވެ. ޖޭމްސް މަޢުލޫމާތުދޭ ގޮތުގައި، އޭނާ ވޭޕުކުރަމުން ދިޔަ ގޮތައް ވޭޕުކުރުމުގައި ހުރެއްޖެނަމަ، 40 އަހަރުވަންދެން ވެސް އޭނާ ދުނިޔޭގެ ނުހުންނާނެކަމުގެ ޔަގީންކަން އޭނާއަށް ޑޮކުޓަރުން ދެއްވާފައިވެއެވެ.
އެއްވެސް އެއްޗެއް އެތެރެހައްޓަށް ފޮނުވުމުގެ ކުރިން، މި ބޭނުންކުރެވެނީ ކޮންކަހަލަ އެއްޗެކަން ރަނގަޅަށް ބަލާ މަޢުލޫމާތު އޮޅުންފިލުވާ. އުމުރުން ހަގުވީމަ، ތިމަންނާއަށް ގޮތެއް ނުވާނެއޭ ނުވިސްނާ. ވޭޕުގެ ސަބަބުން މަރުގެ ތުންފަތްމައްޗަށް އަހަރެން ވެއްޓެންޖެހުނީ އެންމެ 20 އަހަރުގައި.
ޖޭމްސް ބުނެފައިވެއެވެ.
2024ގެ މެއިމަހު، ޖޭމްސް ކޯމާއިން ހޭލި އިރު، އޭނަގެ އަނބިމީހާ ޗާރލޮޓާއި، އޭނާގެ 1 އަހަރުގެ ތުއްތު ދަރިފުޅު ހާރޕާރ-މައި އަކީ ކޮންބައެއްކަމެއް އޭނާ ހަނދާނެއްނެތެވެ. އައިންބަކު، ދަރިޔަކު ހުރޭތޯ ސުވާލުކުރުމުން ވެސް އޭނާ ވަނީ، ޑޮކްޓަރުންގެ ގާތުގައި، ނުހުންނަކަަމަށް ބުނެފައެވެ.
ކޯމާއިން ހޭލެވުމަށް ފަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނު ދުވަސްތަކަކީ ނަފްސާނީގޮތުން ވަރަށް ބަލިކަށިވި ދުވަސްތަކެއް. އޮވެވެނީ ކޮންތާކު ކަން ވެސް ނޭނގުމާއި، ހޭލާ އޮތެއްކަމަކު، ނުހިނގި، ވާހަކަ ނުދެއްކި، ނުކެވި، ހަމަ އޮތް ތާނގައި އޮންނަންޖެހުން ވެގެން ދިޔައީ ވަރަށް ބޮޑު ވޭނަކަށް
ޖޭމްސް ކިޔައިދީފައިވެއެވެ.
މިހާރު ޖޭމްސްގެ މަސައްކަތްކުރަނީ އެންމެ ފުއްޕާމެއެކެވެ. ނަމަވެސް، އާދައިގެ ދިރިއުޅުމެއް އުޅެވޭނެހެން އޭނާ ވަނީ ލޫކިމިޔާއިން ސަލާމަތްވެ، ހޮސްޕިޓަލުން ދޫކޮށްފައެވެ. ގައިގައި އެފަދަ ބޮޑު ބައްޔަކުން އަރައިގަނެވޭނެ ވަރު ހުއްޓާ އެ ބަލި ޖެހި، ވޭޕުކުރުން ހުއްޓާލުމަށް މަގުފަހިވިކަމީ އުފާކުރާކަމެއް ކަމަށް ޖޭމްސް ޖޯންސަން ބުނަމުންދެއެވެ.