ވިޔަފާރި / ޚަބަރު

ހުޅުމާލޭގެ ބައެއް ސަރަޙައްދުން ކަރަންޓް ކެނޑުނީ ފްލެޓް އެޅުމުގެ މަސައްކަތުގެ ތެރެއިން ކަރަންޓު ކޭބަލަކަށް ގެއްލުންވުމުން: ސްޓެލްކޯ

ހުޅުމާލޭގެ ބައެއް ސަރަޙައްދުން ކަރަންޓް ކެނޑުނީ ފްލެޓް އެޅުމުގެ މަސައްކަތުގެ ތެރެއިން ކަރަންޓު ކޭބަލަކަށް ގެއްލުންވުމުން: ސްޓެލްކޯ

ގެއްލުން ލިބުނު ކަރަންޓު ކޭބަލް ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖެނުއަރީ 2025، 12:00

19 ޖެނުއަރީ 2025، 12:00

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ރޭގެ ވަގުތެއްގައި ކަރަންޓު ކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓު މަޝްރޫޢުގެ ތެރެއިން ކުރިއަށްދިޔަ މަސައްކަތެއްގެ  ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ.

ރޭގެ އެކި ވަގުތުތަކުގައި ހުޅުމާލޭ ފޭސް 1 އަދި 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފެން ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުވެސް ހިމެނެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ ފީޑަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ދިމާވީ ކަރަންޓު ފޯރުކޮށްދޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމާ ގުޅިގެންނެވެ. ސްޓެލްކޯގެ މުވައްޒަފުން ވަގުތުން މަސައްކަތްކޮށް، ވަގުތީގޮތުން ކޭބަލްގެ މައްސަލަ ހައްލުކޮށް، ރޭގެ ވަގުތެއްގައި ކަރަންޓު ފޯރުކޮށްދޭން ފަށާފައިވެއެވެ.

ކޭބަލަށް ގެއްލުންވެފައިވަނީ ކޮން ސަރަހައްދަކުންތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތުން އެނގުނު ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވީ ފަހި ދިރިއުޅުން ފްލެޓު މަޝްރޫޢުގެ ތެރެއިން ކުރިއަށްދިޔަ މަސައްކަތެއް ކުރުމަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ.

މިފަދަ މައްސަލަތަކުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކުން ދުރުވުމަށްޓަކައި، އެކި ސަރަހައްދުތައް ކޮނެގެން ކުރިއަށްގެންދާ މަސައްކަތްކުރާ ހުރިހާ ކުންފުންޏަކުންވެސް ކަރަންޓު ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

ކޭބަލް ހަލާކުވުމުގެ ސަބަބުން ފީޑަރަށް ދިމާވި މައްސަލައާ ގުޅިގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އަދި ދެވަނަ ފިޔަވަހީގެ ބޮޑު ބައެއްގެ ކަރަންޓު ކެނޑިގެން ދިއުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ސްޓެލްކޯގެ އަވަސް މަސައްކަތުން މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް އަނބުރާ ގިނަ ސަރަހައްދުތަކަކަށް ފޯރުކޮށްދީފައެވެ.
                    



މި ލިޔުން ކިޔާލުމުން