Ads by Exprox

ޚަބަރު

ކަރަންޓު ވިއުގައިގެ އަޕްގްރޭޑް މަސައްކަތަކަށް، ހެންވޭރުގެ ބައެއް ގެތަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިދާނެ

ކަރަންޓު ވިއުގައިގެ އަޕްގްރޭޑް މަސައްކަތަކަށް، ހެންވޭރުގެ ބައެއް ގެތަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިދާނެ

ސްޓެލްކޯގެ ކޭބަލްއަކަށް ގެންލުންވެ ކަރަންޓު ދިއުމާ ގުޅިގެން ވަގުތީ ކަރަންޓު އެޅުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

20 ޖެނުއަރީ 2025، 08:40

20 ޖެނުއަރީ 2025، 08:40

ހުލާސާ

މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:30 އާއި 11:30 އާއި ދެމެދު.

ކަރަންޓު ވިއުގައިގެ އަޕްގްރޭޑް މަސައްކަތްތަކެއް މިއަދު ހެނދުނު ކުރުމަށް ހަމަޖެހިފައިވާތީ، އެ ވަގުތުތަކުގައި ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިޔަށްދާނީ، މާލެ ސިޓީ، ހިތިގަސް މަގު، ރަތްވިލާ މަގު، ހީނާ ގޯޅި އަދި މޫންލައިޓް ހިނގުން ހިމެނޭ ސަރަޙައްދުގައެވެ.

އަދި މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:30 އާއި 11:30 އާއި ދެމެދުކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. 



މަސައްކަތްކުރާ ވަގުތުގައި މި ހިސާބުގެ ބައެއް ގޭގެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެ ކުންފުނިން ވަނީ އެކަމަށް މަޢާފަށް އެދިފައެވެ.

ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ޚިދުމަތް ރަގަޅުކުރުމަށް ސްޓެލްކޯއިން އަންނަނީ އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ދެ ސަރަޙައްދެއްގައި އިއްޔެ ވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco