ޚަބަރު
ފޭސް-2 ގައި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ފޭސް-2 ގައި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެޗްޑީސީ

ފަރުދުން
20 ޖެނުއަރީ 2025، 08:05
20 ޖެނުއަރީ 2025، 08:05
ހުލާސާ
މި ކަމަކީ ފޭސް-2 ޑިޒައިންގައި ވެސް ހިމަނާފައިވާ ކަމެއް.
ފޭސް-2 ގައި ހަރުކުރަން ނިންމާފައިވަނީ ކިތައް ސިސްޓަމްކަމެއް އަދި ސާފެއް ނުވޭ.
ހުޅުމާލޭގެ ފޭސް-2 ގައި މީހުން އާބާދުވާން ފެށިދާ ފަސް އަހަރު ފަހުން، ފަޔާ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި ކަމަކީ ފޭސް-2 ޑިޒައިންގައި ވެސް ހިމަނާފައިވާ ކަމެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަން އޮތީ ތަންފީޒު ނުވެއެވެ.
އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނިން ފޭސް-2 ގައި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމަށް ނިންމާފައިވަނީ އެ ތަނަކީ ރައްކާތެރި ތަނެއް ކަމުގައި ހެދުމަށެވެ.
މި މަސައްކަތް އެޗްޑީސީއިން ފަށާފައިވީނަމަވެސް، ފޭސް-2 ގައި ހަރުކުރަން ނިންމާފައިވަނީ ކިތައް ސިސްޓަމްކަމެއް އަދި ސާފެއް ނުވެއެވެ.
އަލިފާން ނިއްވާ ސިސްޓަމްތައް ހުޅުމާލޭ ފޭސް-1 ގައި ވެސް ވަނީ ހަރުކޮށްފައެވެ.