Ads by Exprox

ޚަބަރު

ޚާރިޖީ ވަޒީރު، އިންޑިއާގެ އައު ސަފީރު، ޖީ. ބަލަސުބްރަމަނިއަމާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު، އިންޑިއާގެ އައު ސަފީރު، ޖީ. ބަލަސުބްރަމަނިއަމާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު، އިންޑިއާގެ އައު ސަފީރު، ޖީ. ބަލަސުބްރަމަނިއަމާ ބައްދަލުކުރެއްވި ކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ޚާރިޖީ ވުޒާރާ

21 ޖެނުއަރީ 2025، 08:12

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ޖ. ބަލަސުބްރަމަނިއަމް، ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޙަލީލުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 


ޚާރިޖީ ވުޒާރާގައި މި ދެ ބޭފުޅުންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި އިންޑިއާއިން ކަނޑައެޅުއްވި އައު ސަފީރަށް، ވަޒީރު މަރުހަބާ ވިދާޅުވެފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް، މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.


މި ބައްދަލުވުމުގައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން، ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރާއެކު ބައިވެރިވެވަޑައިގަންނަވާފައި ވަނީ، ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާއާއި، އެމްބެސެޑަރ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަނާއި،  އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީއާއި، ޑިރެކްޓަރ އަޙްމަދު ސުޒިލް އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާއެެވެ. 

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޖީ. ބަލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މި މަހުގެ 6 ވަނަ ދުވަހު އަރުވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco