ދުނިޔެ
ޔުކްރެއިން ހަނގުރާމަ ނިންމުމަށް ޓްރަމްޕް ޕުޓިންއާ ބައްދަލުކުރަން ރާވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިން ފޮޓޯ:އިންޓަނެޓް
މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާ ބައްދަލުކުރުމަށް ރާވަމުންދާ ކަމަށެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް މަސައްކަތްކުރުން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ،
އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް މިކަން ނިންމުމަށް. ޔުކްރެއިނާއި ރަޝިޔާ ދެމެދު މި ހަނގުރާމަ ފެށިގެން ނުވާނެ.
ކުރިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައި، އޮފީހާ ހަވާލުވާތާ 24 ގަޑިއިރު ތެރޭގައި ޔުކްރެއިންގެ ހަނގުރާމަ ނިންމާލެވޭނެ ކަމަށް ވިދާޅުވެފައިވާތީ، އަދިވެސް އެކަމަށް ބާކީ އޮތީ ދެބައިކުޅަ އެއްބައި ވަގުތު ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ޓްރަމްޕްގެ ސްޓޭޓް ސެކްރެޓަރީކަމަށް ހޮވިވަޑައިގެންފައިވާ މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ ހަނގުރާމަ ނިމޭނެ ވަކި މުއްދަތެއް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ކޮންމެ ހަނގުރާމައެއްވެސް ނިމުމަކަށް ގެނައުމަށްޓަކައި ދެފަރާތުންވެސް ކޮންމެވެސް އެއްޗެއް ދޫކޮށްލަން ޖެހޭނެ ކަމަށާއި، ނަމަވެސް ރަޝިޔާއަކީ މި ހަނގުރާމައިގެ އަނިޔާވެރި ފަރާތް ކަމަށް ރޫބިއޯ ފާހަގަކުރެއްވިއެވެ.