ވިޔަފާރި / ޚަބަރު

ސަރުކާރުން ފައިސާ ނުނަގައި ފެނަކަ ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވެއްޖެ

ސަރުކާރުން ފައިސާ ނުނަގައި ފެނަކަ ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވެއްޖެ

ފެނަކަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ޖެނުއަރީ 2025، 12:28

21 ޖެނުއަރީ 2025، 12:28

ހުލާސާ

ކުންފުނީގެ ދަރަނި ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެއްވި
މިދިޔަ ޑިސެންބަރު މަހު ތެލުން 8 މިލިޔަން ރުފިޔާ ވަނީ ކުޑަކުރެވިފައި

ސަރުކާރުން ފައިސާ ނުނަގައި ފެނަކަ ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.

 ޕީއެސްއެމް ނިއްސުއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ނަޖާހު ވިދާޅުވީ، އެ ކުންފުނީގެ ދަރަނި ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. ނަމަވެސް، އެއީ ދާޢިމީ ޙައްލެއް ނޫންކަމަށާއި، ކުންފުނި ދިގު މުއްދަތަކަށް ހިންގަން ބޭނުންވާނަމަ އަމިއްލައަށް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހޭނެ ކަަމަށް ނަޖާހު ވިދާޅުވިއެވެ. އަދި، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް މިވަގުތު ކުރިއަށްދާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިވަގުތު ކުރިއަށްގެންދާ ޚާއްޞަ ޕްރޮޖެކްޓެއްގެ ތެރެއިން ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން އެކަނިވެސް ކުންފުނީގެ ޚަރަދު %40 ކުޑަކުރެވޭނެކަމަށް އަންދާޒާކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުންފުނީގެ މުވައްޒަފުންނަށާއި ސްޓްރަކްޗަރ ހަރުދަނާ ކުރެވޭ ގޮތްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ އިތުރުން ތެޔޮ ޚަރަދު ކުޑަކޮށް، ތެޔޮ އެޅުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ނަޖާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ނަޖާހު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ތެލުގެ ތެރެއިން ގިނަ ވައްކަންތަކެއް ކޮށްފައިވާކަމަށެވެ. އެހެންކަމުން، މިކަމަށް ޙައްލެއް ގެނައުމަށްޓަކައި، ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ތެޔޮ އަޅާއިރު ޗެކްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން، ތެލުން ކުރާ ވައްކަންތައް އެއްކޮށް ނައްތާލެވޭނެކަމަށް ނަޖާހު ވިދާލުވިއެވެ. އަދި، މިދިޔަ ޑިސެންބަރު މަހު ތެލުން 8 މިލިޔަން ރުފިޔާ ކުޑަކުރި އުސޫލުން މިމަހު ވެސް އެކަން ނުކުރެވެންވި ސަބަބެއް ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކުންފުނީގެ ޚަރަދު ކުޑަކުރުމަށް މި ނޫން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދަރަނި ޚަލާސްކުރެވުމުން، ހުއްޓިފައިވާ މަޝްރޫޢުތައް ނިންމުމުގެ މަސައްކަތް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން