Ads by Exprox

ޚަބަރު

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގި މީހަކު ހައްޔަރުކުރަން އަމުރެއް ނެރެފި!

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގި މީހަކު ހައްޔަރުކުރަން އަމުރެއް ނެރެފި!

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 04:14

14 ސެޕްޓެމްބަރު 2024، 04:14

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގި މީހަކު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ. 

ކްރިމިނަލް ކޯޓުން މިމައްސަލައިގައި ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނި ބަންގްލަދޭޝްއަށް ނިސްބަތްވާ 45 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ބުނެފައިވަނ ީއެމީހާ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ސައިކަލު މަޑިދަށުގައި ހުރި 442,750 ރުފިޔާ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމީހާ، ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް މި ތުހުމަތަށް އެ މީހާ ވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ.

މި މައްސަލައާއި ގުޅޭ ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco