Ads by Exprox

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި!

މަސްތުވާތަކެތީގެ މައްސަލާގައި ހުޅުމާލެ އިން ހައްޔަރުކުރި ދެމީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 04:16

14 ސެޕްޓެމްބަރު 2024، 04:16

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި ހުޅުމާލޭގެ އެޕާޓްމެންޓަކުން ދިވެހިން ތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އަންހެނެކެވެ. 

ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވ. ފައިވްފްލާވަރ، އަޙްމަދު އަފްރާޙް (44އ) އާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، ޢަލީ ޢަބްދުﷲ (48އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އަނެއް ދެ މީހުން ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެއީ 43 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނެކެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco