Ads by Exprox

ޚަބަރު

ރާއްޖޭގެ މާލީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް އިންޑިޔާ އޮތީ ތަައްޔާރަށް:އިންޑިޔާ

ރާއްޖޭގެ މާލީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް އިންޑިޔާ އޮތީ ތަައްޔާރަށް:އިންޑިޔާ

ރައީސް ޑރ މުއިއްޒު އަދި އިންޑިޔާގެ ބޮޑުވަޒީރު މޯދީ. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 04:18

14 ސެޕްޓެމްބަރު 2024، 04:18

ރާއްޖޭގެ މާލީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް އިންޑިޔާ އޮތީ ތައްޔާރަށް ކަމަށް އިންޑިޔާގެ ސަރުކާރުގެ އިސް އޮފިޝަލާކާ ހަވާލާދީ އިންޑިޔާގެ މީޑިއާތަކުން ބުނެފިއެވެ. 

އިންޑިޔާގެ "އިކޮނޮމިކް ޓައިމްސް" ގައ ިސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އިންޑިޔާގެ ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްބީއައި) މެދުވެރިކޮށް ހަމަޖައްސަން ކުރިން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި ކުރީ ސަރުކާރުން، 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުޞަތު އެބަ އޮތް ކަމަށް، ނަން ހާމަނުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވެ އެވެ.

މިހާތަނަށް ރަސްމީކޮށް އެ އެހީއަށް ރާއްޖެއިން އެދިފައިވާ ކަމެއް އަދި ސަފެއްނުވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އަވަހަށް އިންޑިޔާއަށް ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަންނަނީ ރާއްޖޭގެ ފޮރިން ކަރަންސީގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން ވިއްކާފައިވާ ސުކޫކު ޑިފޯލްޓަކަށް ހިނގައިދާނެ ކަމުގެ ވާހަކަ، ރާއްޖޭގެ ރިޒާވް ދަށަށް ދާތީ އިންޓަނޭޝަނަލް މީޑިއާގައި އަންނަނީ ދައްކަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco