Ads by Exprox

ޚަބަރު

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ އައު ސްކޫލްގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދެއްކެވުން| ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ޖެނުއަރީ 2025، 12:36

22 ޖެނުއަރީ 2025، 12:36

ހުލާސާ

އޭސީކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން
ދަރިވަރުންނަށް ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އޭސީކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރ.ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ހުިރިހާ ސްކޫލުތައް ފިނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ މަޝްރޫޢެއް ފަށައިފައެވެ. ރައީސް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ދާނީ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން ކަމަށެވެ. އަދި،  މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި މަސައްކަތް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، ހޫނުގަދަ ރަށްރަށުގައި ސްކޫލުތައް ފިނިކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. ހަމަ އެއާއެކު، މިކަމަށް ޚާއްޞަކޮށް ފައްޓަވާފައިވާ މަޝްރޫޢަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ރައީސްގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި ވަނީ ތަޢުލީމު ހޯދާ ދަރިވަރުންނަށް ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޤައުމު ތަރައްޤީ ކުރެވޭނީ ޒުވާން ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދީގެން ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް ހޯއްދަވާދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.  

ތަޢުލީމީ ދާއިރާގެ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަސައްކަތްތަކެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco