Ads by Exprox

ޚަބަރު

ވެރިކަން ކުރާ ރަށަކީ ކ.މާލެ ކަމަށް ބުނުމަކީ ޤާނޫނީ ކުށެއް: ވަޒީރު އާދަމް ޝަރީފް

ވެރިކަން ކުރާ ރަށަކީ ކ.މާލެ ކަމަށް ބުނުމަކީ ޤާނޫނީ ކުށެއް: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް ޢުމަރް. ފޮޓޯ: ސަން މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 05:26

14 ސެޕްޓެމްބަރު 2024، 05:26

ވެރިކަން ކުރާ ރަށަކީ ކ.މާލެ ކަމަށް ބުނުމަކީ ޤާނޫނީ ކުށެއް ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.  

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖެގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށެވެ. މިކަން ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނައިރު ވެރިކަން ކުރާ ރަށަކީ "ކ.މާލެ" ކަމަށް ނޯންނަކަމަށްވެސް ވަަޒީރު ވިދާޅުވެފައިވެއެވެ. 

އަދި ސަރުކާރުގެ ގިނަ ލިޔުންތަކުގައިވެސް ކ.މާލެ ލިޔެފައި ނޯންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކ އަތޮޅުގައި އޮތް ނަމަވެސް މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީވެ، މާލެ ލިޔާއިރު ކުރިއަށް ކ.އިތުރުކޮށް ކ.މާލެ ލިޔެއެއް ނޫޅޭ - ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. 

މީގެއިތުރުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކ.މާލެ ލިޔުމަކީ އަދި ކިޔުމަކީވެސް ޤާނޫނު އަސާސީގައި އޮންނަ ގޮތާއި ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. 

އަދި މިހާރަކަށް އައިސް ކ.މާލެ ލިޔުމާއި ކިޔުމަކީ އާންމު ކަމެއް ކަމަށާއި، މިއީ ކުޑަކަމެއް ނޫން ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco