Ads by Exprox

ޚަބަރު

ދީނަށް ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ފަށަނީ!

ދީނަށް ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ފަށަނީ!

ޖަމިއްޔަތުއް ސަލަފުން ބޭއްވި ޖަމިއްޔާތަކުގެ މަހާސިންތާގެ ތެރެއިން. ފޮޓޯ: ޖަމިއްޔަތުއް ސަލަފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 08:17

14 ސެޕްޓެމްބަރު 2024، 08:17

ދީނަށް ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝަޙީމް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ދީނީ ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ފެށޭނެ ކަމަށާއި،  70 އަށް ވުރެ ގިނަ ޖަމިއްޔާތަކުން މިމަހާސިންތާގައި ބައިވެރިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި މަހާސިންތާއަކީ އިސްލާމީ ވުޒާރާއިން ބާއްވާ މިފަދަ ފުރަތަމަ ތާރީޚީ މަހާސިންތާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުން - ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ. 

ދާދި ފަހުން އިސްލާމީ ވުޒާރާއިން ވަނީ ރާއްޖޭގެ ދީނީ ޢިލްމު ވެރިން ބައިވެރިވެ ވަޑައިގެންނެވި ދީނީ ޢިލްމު ވެރިންގެ މަހާސިންތާއެއްވެސް ބާއްވައިފައެވެ. 

މިމަހާސިންތާގައި 200 އަށްވުރެ ގިނަ ދީނީ ޢިލްމުވެރިއަކު ވަނީ ބައިވެރިވެވަޑައިގެެންފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco