Ads by Exprox

ޚަބަރު

ރާއްޖޭގެ މޫސުން ގޯސް، ށ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު!

ރާއްޖޭގެ މޫސުން ގޯސް، ށ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު!

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރާ މަންޒަރު| ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2025، 12:06

23 ޖެނުއަރީ 2025، 12:06

ހުލާސާ

ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަދުވަހު

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ސަމާލުތައް ނެރެފައެވެ. އެގޮތުން، ށ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް އެ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރިފައި ވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރުފަހު 14:30 އާއި ހަމައަށެވެ. މީގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ޅ.  އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް މި އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އަދި، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި، އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ފާރެސްމާތޮޑާއަށްށެވެ. އެއީ 129.7 މިލިމީޓަރުގެ ވާރޭއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަދުވަހު ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco