Ads by Exprox

ޚަބަރު

ބްރޯންޒް މެޑަލް ޙާޞިލްކުރި އެތްލީޓުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ!

ބްރޯންޒް މެޑަލް ޙާޞިލްކުރި އެތްލީޓުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ!

ދިވެހި އެތްލީޓުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 08:25

14 ސެޕްޓެމްބަރު 2024، 08:25

4 ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން، ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެތްލީޓުން ބްރޯންޒް މެޑަލް ޙާޞިލް ކޮށްފައިވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭއިންނެވެ. 

ރައީސް ޑރ މުޢިއްޒު އެ އެތްލީޓުންނަށް މަރުޙަބާ ދަންނަވައިފައިވަނީ އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ޙާޞިލްކޮށް، ދެއްކި ހުނަރާ ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ސާބަސް ދެއްވައިފައެވެ.

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11އިން 13އަށެވެ. މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަރ އުމުރުފުރާގެ އައު ރެކޯޑަކާއިއެކުއެވެ.

މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco