Ads by Exprox

ޚަބަރު

އަލިފާނުގެ ހާދިސާ ހިނގައި ހަލާކުވި ދޫހިމެރިގެ ތަޅާލައި އެގެ ހުންނަ މަގު ހުޅުވައިފި!

އަލިފާނުގެ ހާދިސާ ހިނގައި ހަލާކުވި ދޫހިމެރިގެ ތަޅާލައި އެގެ ހުންނަ މަގު ހުޅުވައިފި!

ދޫހުމެރިގެ ތަޅާލުމަށްފަހު ދޫހިމެރިމަގު ހުޅުވާލުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2024، 04:06

15 ސެޕްޓެމްބަރު 2024، 04:06

އަލިފާނުގެ ހާދިސާ ހިނގައި ހަލާކުވި ހ.ދޫހިމެރިގެ ތަޅާލައި އެގެ ހުންނަ މަގު ހުޅުވައިފިއެވެ. 

މިހިނގާ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ދޫހިމެރިގޭގެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

މި މަސައްކަތް ނިމުމާ ގުޅިގެން، އެ ވުޒާރާއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދޫހިމެރިގެ ތަޅަލައިލުމަށްޓަކައި ބަންދުކުރި، ދޫހިމެރިމަގު އެމަސައްކަތް ނިންމުމަށް ފަހު ހުޅުވައިލާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ވުޒާރާގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުން ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ. 

https://twitter.com/MoCLPmv/status/1834944282958131547

މި ހާދިސާއާ ގުޅިގެން ދޫހިމެރިގޭގައި ދިރިއުޅުނު 15 ބިދޭސީންނަށް 7 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ.

ދޫހިމެރިގޭގެ އިތުރުން އެގެއާއި އިންވެގެން ހުރި 2 ފަންގިފިލާގެ އިމާރާތަށްވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންވިއިރު، ކައިރީގައި ހުރި ގެތަކަށް ވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco