Ads by Exprox

ޚަބަރު

ކުޑަ ކުއްޖަކު ކުޑަދޮރުން ނުކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ގޮވާލައްވައިފި

ކުޑަ ކުއްޖަކު ކުޑަދޮރުން ނުކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ގޮވާލައްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތް/ ފޮޓޯ: އާފަތިސް

25 ޖެނުއަރީ 2025، 10:40

އިމާރާތެއްގެ 5 ވަނަ ފަންގިފީލާގައި، ކުޑަ ކުއްޖަކު ކުޑަދޮރުން ނުކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ގޮވާލައިފިއެވެ.

ފުލުހުން މިގޮތަށް ޢިލްތިމާޒްކުރަށްވާފައި ވަނީ، މި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވުމަކީ، ކުއްޖާގެ ޢާއިލާއަށް، އާންމުންގެ ފާޑުކިޔުމާއި، ތަފާތު ގޮންޖެހުންތައް ނަފްސާނީގޮތުން ކުރިމަތިވުން ފަދަ، ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމަކަށް ވާތީއެެވެ. މީގެ އިތުރުން ވެސް، ވީޑިއޯގެ ގޮތުން މި ވީޑިއޯއަކީ، ފެންނަ ކޮންމެ މީހަކަށް ވެސް ނަފްސާނީގޮތުން އަސަރުކުރުމަށް އެކަށީގެންވާ ވީޑިއޯއެއް ކަމަށާއި، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިންނާއި، ނާޒުކު ޙާލަތުގައިވާ ފަރާތްތައް، ނުރައްކަލެއްގެ ތެރެއަށް ހުށައެޅިގެން ހިނގައިދާނެކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އޮންނަ ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުންގެ ޚިދުމަތުން ގޮވައިލައްވާފައިވެއެވެ. ހަމައެހެންމެ، ދައުރުވަމުންދާ މިފަދަ ވީޑިއޯތައް، ވީޑިއޯ ދައުރުކުރާ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް ވެސް ފުލުހުންގެ ގޮވާލައްވާފައިވެއެވެ.

މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، ފުލުހުންގެ ޚިދުމަތުންވަނީ މި ވީޑިއޯ ދައުކުރުން ހުއްޓާލައި މި ވީޑިއޯ ޝެއާކޮށްފައިވާނަމަ އެވީޑިއޯ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް އިލްތިމާސްކުރައްވާފައެވެ. 

މިހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅުއްވާ ހިއްސާކުރެއްވުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco