Ads by Exprox

ޚަބަރު

އަނިޔާވެ، އައިޖީއެމްއެޗަށް ގެންދެވުނީ 27 އަހަރުގެ ފިރިހެނެއް، މައްސަލަ ތަޙުޤީޤުކުރަނީ

އަނިޔާވެ، އައިޖީއެމްއެޗަށް ގެންދެވުނީ 27 އަހަރުގެ ފިރިހެނެއް، މައްސަލަ ތަޙުޤީޤުކުރަނީ

އައިޖީއެމްއެޗް/ ފޮޓޯ : ދެލިއޮންލައިން

25 ޖެނުއަރީ 2025، 10:48

އަނިޔާވެގެން ރޭގައި އައިޖީއެމްއެޗަށް ގެންދެވުނު މީހާ، ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 11:40 ހާއިރު، އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ގެންދެވިފައިވާ މައްސަލައެއްގެ ތަޙުޤީޤު ކުރެވެމުންދާކަމަށެވެ. މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާކަަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތުދެއްވާ ގޮތުގައި، ފަރުވާ ހޯދުމަށް ގެނެވިފައި ވަނީ 27 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ފަރުވާދީ ނިމުމުން، ރޭ 4:30 ހާއިރު އެމީހާ ދޫކޮށްލާފައިވާކަމަށް ވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco