Ads by Exprox

ޚަބަރު

ދީނަށް ޚިދުމަތްކުރާ ޖަމިއްޔާ ތަކުގެ މަހާސިންތާ ފެށިގެން ކުރިއަށްދަނީ!

ދީނަށް ޚިދުމަތްކުރާ ޖަމިއްޔާ ތަކުގެ މަހާސިންތާ ފެށިގެން ކުރިއަށްދަނީ!

ޖަމިއްޔާތަކުގެ މަހާސިންތާގައި ވަޒީރު ޑރ ޝަހީމް ވާހަކަފުޅުދައްވަނީ. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2024، 04:06

15 ސެޕްޓެމްބަރު 2024، 04:06

ދީނަށް ޚިދުމަތްކުރާ ޖަމިއްޔާ ތަކުގެ މަހާސިންތާ މިއަދު ފަށައިގެން ކުރިއަށް ގެންދަން ފަށައިފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި މަހާސިންތާގައި 70  ޖަމިއްޔާއަކުން 98 މަންދޫބަކު ބައިވެރިވާ ކަމަށެވެ. އޭގެ ތެެރޭގައި ހާޒިރުވެގެން ބައިވެރިވާ 70 މަންދޫބަކާއި އޮންލައިން ކޮށް ބައިވެރިވާ މަންދޫބުން ހިމެނެއެވެ.

ޖަމިއްޔާތަކުގެ މަހާސިންތާ ފެށިގެން ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. 

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. ޝަހީމް ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށެވެ. އަދި ރާއްޖޭގެ ދީނީ ދަޢުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރައްވައިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު ފެށި ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco