Ads by Exprox

ޚަބަރު

އަމިއްލަ ޖަމިއްޔާތަކުން ކުރިއަށްގެންދާ ނަމާދު ޕްރޮގްރާމްތަކަށް އިސްލާމީ ވުޒާރާއިން އެހީވަނީ!

އަމިއްލަ ޖަމިއްޔާތަކުން ކުރިއަށްގެންދާ ނަމާދު ޕްރޮގްރާމްތަކަށް އިސްލާމީ ވުޒާރާއިން އެހީވަނީ!

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2024، 04:09

15 ސެޕްޓެމްބަރު 2024، 04:09

ނަމާދަށް އަހުލުވެރިކުރުމަށް ދީނަށް ޚިދުމަތްކުރާ ޖަމިއްޔާތަކުން ކުރިއަށްގެންދާ ނަމާދު ޕްރޮގްރާމްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝަހީމް މިހެން ވިދާޅުވީ ދީނަށް ޚިދްމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޑރ ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވީ އަދުގެ ސަރުކާރަކީ، އިސްލާމް ދީނުގެ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތައި ސަރުކާރެއް ކަމަށެވެ. އަދި އިސްލާމްދީނާއި ގުޅުންހުރި ކަންތައްތައް ނެގެހެއްޓެމަށް މުހިންމު މަސައްކަތްތަކެއް ކުރާ ސަރުކާރެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އިސްލާމްދީން ފެތުރުމަށް ކުރާ މަސައްކަތް ތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަންވެސް ވަޒީރު ޝަހީމް  ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރުގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޖަމިއްޔާތަކަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބައްލަވާނެ ކަމަށެވެ. ި އެގޮތުން ޖަމިއްޔާތަކާ އެކު އެއްބަސްވުންތަކެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

“ކުރިއަށް އޮތް ތަނުގައި މާތް ﷲ އިރާދަކުރެއްވިޔާމު، އެކިއެކި ޖަމިއްޔާ ތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް މާލީ ގޮތުންވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މި ވުޒާރާއިން އެހީތެރިކަން އަރުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުދެން. ވަކިން ޚާއްސަކޮށް ނަމާދު ކުރުމަށް އަހުލުވެރި ކުރުވާނެ ފަދަ ޕްރޮގްރާމް ތަކާއި ކުދިކުދި މަޝްރޫޢުތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އަރުވާނަން” ޑރ ޝަހީމް ވިދާޅުވިއެވެ.

މިއަދު ފެށި ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި 70 އަށްވުރެ ގިނަ ޖަމިއްޔާއިން ބައިވެރިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco