Ads by Exprox

ޚަބަރު

އައްޑޫ މަތިކިޅި ޗަސްބިމުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އައްޑޫ މަތިކިޅި ޗަސްބިމުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވަނީ، ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ޖެނުއަރީ 2025، 06:13

26 ޖެނުއަރީ 2025، 06:13

ހުލާސާ

އަލިފާންގަނޑު ނިއްވާލެވުނީ ހޮނިހިރުދުވަހުގެ ރޭގެ 8:40 ހާއިރު.

މި ސަރަޙައްދަކީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ސަރަޙައްދެއް.

އައްޑޫ ސިޓީގެ ހުޅުދޫގައި އޮންނަ މަތިކިޅި ޗަސްބިމުގައި ހޮނިހިރު ދުވަހުގެ ހަވީރު ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ޚަބަރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ ހޮނިހިރު ދުވަހުގެ ހަވީރު 17:30 ހާއިރުއެވެ. އަދި މި ރިޕޯޓާއެކު، ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަޙައްދަށް ގޮސް އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވާން ފެށިކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން، އެ އަލިފާންގަނޑު ނިއްވާލެވުނީ ހޮނިހިރުދުވަހުގެ ރޭގެ 8:40 ހާއިރުއެވެ.

އެގޮތުން އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، އެ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރި ވެފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، އަލިފާންގަނޑު ބޮޑު ސަރަޙައްދަކަށް ފެތުރިގެން ގޮސްފައިވެއެވެ. 

އަދި އަލިފާނުގެ ހާދިސާ މި ހިނގި ސަރަޙައްދަކީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ސަރަޙައްދެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco