Ads by Exprox

ޚަބަރު

ސްޓެލްކޯގެ ބިލިންގ ސިސްޓަމާމެދު އިތުބާރު އެބައޮތް: ފަހުމީ

ސްޓެލްކޯގެ ބިލިންގ ސިސްޓަމާމެދު އިތުބާރު އެބައޮތް: ފަހުމީ

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2024، 04:40

15 ސެޕްޓެމްބަރު 2024، 04:40

ސްޓެލްކޯގެ ބިލިންގ ސިސްޓަމާއި މެދު އިތުބާރު އެބައޮތް ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ފަހުމީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

 

ފަހުމީ މިހެން ވިދާޅުވީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސްޓެލްކޯއިން ކަރަންޓް ބިލްކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މިގޮތުން ރައީސް ޔާމީން ވަނީ ސްޓެލްކޯއިން މިހާރު ގޭގެއަކަށް މީޓަރު ރީޑިން ނަގާކަށް ނުދާ ކަމަށާއި ކަރަންޓް ބިލް ހަދަނީ ކުރީގެ އެއްޗަކަށް ބަލާ, ގްރޯތް ފެކްޓާއެއް ލައިގެން ކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލަ މަދަނީ ކޯޓަށް ހުށަހަޅަން ޖެހޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސްޓެލްކޯގެ ބިލިންގ ސިސްޓަމާއި މުވައްޒަފުންނާމެދު ސުވާލު އުފެދޭ ގޮތަށް  ސްޓެލްކޯއާ ދެކޮޅަށް ކޮށްފައިވާ ދޮގު ތުހުމަތުތައް ކުށްވެރި ކުރައްވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބިލް ހަދާނީ މީޓަރުގެ ރީޑިންއަށް ބެލުމަށް ފަހު އިތުރު އެެއްވެސް އިންސައްތައެއް ނުލައި ކަމަށާއި، ބިލު ހަދާއިރު އެއްވެސް އެއްޗެއް އަންދާޒާކޮށްގެން ނުހިމަނާނެ ކަމަށެވެ.

 https://twitter.com/HussainFahmy09/status/1835138607125840052

ސްޓެލްކޯ އެމްޑީ ފަހުމީ މިފަދައިން ވިދާޅުވެފައިވާއިރު، ސްޓެލްކޯއިން ވެސް ވަނީ ރައީސް ޔާމީންގެ ވާހަކަތަކާއި ގުޅިގެން، އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco