Ads by Exprox

ޚަބަރު

އުތީމު ކައުންސިލްގެ ލޯގޯ އަދި ޔުނިފޯމް އިފްތިތާޙްކޮށްފި

އުތީމު ކައުންސިލްގެ ލޯގޯ އަދި ޔުނިފޯމް އިފްތިތާޙްކޮށްފި

އުތީމު ކައުންސިލުގެ ލޯގޯ ފޮޓޯ:ކައުންސިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖެނުއަރީ 2025، 08:56

26 ޖެނުއަރީ 2025، 08:56

އުތީމު ކައުންސިލްގެ ލޯގޯ އަދި ޔުނިފޯމް އިފްތިތާޙްކޮށްފިއެވެ. މިކަމާއިގުޅިގެން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް އިބްރާހީމް ޝުޖާޢު ވަޑައިގެންދެއްވި ކަމަށްޓަކައި އުތީމު ކައުންސިލުން ވަނީ  ޝުކުރު ދަންނަވާފައެވެ.

އުތީމު ކައުންސިލްގެ ލޯގޯ އަދި ޔުނިފޯމް އިފްތިތާޙްކޮށްފި

އުތީމު ކައުންސިލުގެ ލޯގާ

މީގެއިތުރުން، އިބްރާހީމް ޝުޖާޢު ވަނީ އުތީމު ކައުންސިލާއި، އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އުތީމު ކައުންސިލާއި ރަށުގެ މުއައްސަސާތަކުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުތީމަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by Stelco