ދުނިޔެ / ޚަބަރު
އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ދިދަ/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އެގޮތުން، ރައީސް ވަނީ ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، އޮނަރަބަލް ސަމާންތާ ޖޯއި މޮސްޓިން އޭ.ސީ. އަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލްއަށާއި ބޮޑުވަޒީރަށް ވަކިން ސިޓީ ފޮނުއްވާފައެވެ. އަދި، މި ސިޓީގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އޮސްޓްރޭލިއާގެ އެންމެހާ ރައްޔިތުނަނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރަށް ބަދަހިވެ ވަރުގަދަވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން އެކިއެކި ގޮތްގޮތުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.
އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.