ކުޅިވަރު

ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ރާއްޖޭގައި ކުޅުނު ކާވާ ވުމަންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގެ ކުޅުންތެރިން، ފޮޓޯ: ކާވާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ޖެނުއަރީ 2025، 01:45

26 ޖެނުއަރީ 2025، 01:45

ހުލާސާ

މިއީ ރާއްޖޭގައި ތިބި ހުނަރުވެރި އަންހެން ވޮލީބޯޅަ ކުޅުންތެރިން ހޯދުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް.

ރާއްޖޭގައި ތިބި ހުނަރުވެރި އަންހެން ވޮލީބޯޅަ ކުޅުންތެރިން ހޯދުމުގެ ގޮތުން، ޤައުމީ އަންހެން ވޮލީ ޓީމާއެކު ފަރިތަކުރުމުގެ ފުރުސަތު، ވޮލީބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް) އިން ހުޅުވާލައިފިއެވެ. 

އެގޮތުން، ވީއޭއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދާއި މާދަމާ މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، މިކަމަށް ޝައުގުވެރިވާ ކުޅުންތެރިން ހެނދުނު 8 އިން 11 އަށް ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލުގައި އޮންނަ ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

ވީއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މާލެ އާއި އަތޮޅު ތެރޭގައި ވޮލީ ކުޅުމުގެ ހުނަރުހުރި ކުޅުންތެރިން ތިބި ކަމަށާއި، ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެފަދަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށްށެވެ.

ސަރަޙައްދީ މުބާރާތްތަކުގެ އިތުރުން ބައިނަލްއަޤަވާމީ އެހެން މުބާރާތްތަކުގައި ވެސް ވާދަކުރަމުން އަންނަ އަންހެން ވޮލީބޯޅަ ޓީމުން އަންނަނީ ކުޅުން ރަގަޅު ކުރަމުންނެވެ. އަދި ވީއޭއެމް އިން އަންނަނީ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް، ބައިނަލްއަޤްވާމީ މުބާރާތްތަކުން އަންހެން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

ޤައުމީ ޓީމުގެ ޖާޒީގައި ނުފެންނަ މޮޅެތި އަންހެން ވޮލީ ކުޅުންތެރިން ރާއްޖޭގައި ތިބިކަން އެނގެނީ، އެކި ރަށްރަށުގައި ކުރިޔަށްގެންދާ ވޮލީ މުބާރާތްތަކުންނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި، އެކި މުނާސަބާތަކާ ގުޅިގެން އަންހެނުންގެ ވޮލީ މުބާރާތްތަކާ ކޯޗިން ކޭމްޕްތައް އަބަދުވެސް ބާއްވަމުން ދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS