ދުނިޔެ

ލުބުނާނުގެ ސަރަޙައްދުގައި އިޒްރޭލުގެ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފި

ލުބުނާނުގެ ސަރަޙައްދުގައި އިޒްރޭލުގެ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފި

ލުބުނާނުގެ ޕާލަމެންޓުގެ ސްޕީކަރ ނަބީހް ބެރީ ފޮޓޯ:އަލްޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖެނުއަރީ 2025، 03:45

26 ޖެނުއަރީ 2025، 03:45

 ލުބުނާނުގެ ޕާލަމެންޓުގެ ސްޕީކަރ ނަބީހް ބެރީ އިން ވަނީ އިޒްރޭލުން ލުބުނާނުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ. މިކަން  އޭނާ ފާހަގަކޮށްފައިވަނީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

ބެރީގެ އަމަލް މޫވްމަންޓް ޕާޓީއަކީ ޙިޒްބުاللهއާ އެކު އިއްތިހާދުވެފައިވާ ޕާޓީއެކެވެ. އަދި އޭނާ ވަނީ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ޙިޒްބުالله އާއި އެމެރިކާ އާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

އާދީއްތަ ދުވަހު ހިނގި ލޭއޮހޮރުވުމުގެ ހާދިސާއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަގުތުން ޢަމަލުކޮށް، އިޒްރޭލް ލުބުނާނުގެ އޮކިއުޕައިޑް ސަރަޙައްދުތަކުން ފޭބުމަށް މަޖުބޫރުކުރުމަށް ކުރެވޭ ސާފު އަދި އަވަސް ގޮވާލުމެއް

ބެރީ 


އިޒްރޭލުގެ ސިފައިންގެ ފަރާތުން ވަނީ ބޯޑަރު ސަރަޙައްދުތަކުގެ ރައްޔިތުން އެމީހުންގެ ރަށްތަކަށް އެނބުރި ދިއުމަށް މަސައްކަތް ނުކުރުމަށް އިންޒާރުދީފައެވެ. އިޒްރޭލުގެ ބަޑީގެ ހަމަލާގެ ސަބަބުން މަދުވެގެން 3 މީހަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

 

މި ލިޔުން ކިޔާލުމުން