Ads by Exprox

ޚަބަރު

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 3 ޑިރެކްޓަރުން ހޮވުމަށް ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 3 ޑިރެކްޓަރުން ހޮވުމަށް ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލް ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖެނުއަރީ 2025، 10:04

27 ޖެނުއަރީ 2025، 10:04

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ 3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 26 ޖަނަވަރީ އިން ފެށިގެން 24 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލެވޭނީ ރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ "ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމްކުރެއެވެ.

މީގެއިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ކޯޕަރޭޓް ގަވަނަންސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ ޑިރެކްޓަރަކީވެސް އެ މަޤާމުގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލުކަން ހުރި މީހަކު ކަމުގައި ވާންޖެހޭނެކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ޖުމްލަ 11 މެންބަރުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ 2 މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 މެންބަރުންނެވެ. މިހާރު ހުޅުވާލާފައިވާ ފުރުޞަތަކީ މި 3 މެންބަރުން ހޮވުމަށް ކުރިމަތިލުމުގެ ފުރުޞަތެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco