Ads by Exprox

ޚަބަރު

ރޯދަ ހަދިޔާ ބަރުކޮށްގެން ނިލަންދުއާއި ދާންދޫއަށް ދިޔަ ބޯޓެއް ފަރަށް އަރައިފި

ރޯދަ ހަދިޔާ ބަރުކޮށްގެން ނިލަންދުއާއި ދާންދޫއަށް ދިޔަ ބޯޓެއް ފަރަށް އަރައިފި

ފަރަށް އެރި ބޯޓު/ފޮޓޯ: ޕީއެސްއެމް ނިއުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ޖެނުއަރީ 2025، 05:29

27 ޖެނުއަރީ 2025، 05:29

ހުލާސާ

ބޯޓުގައި ހުރި އެއްވެސް މުދަލެއް ސަލާމަތްކުރެވިފައެއް ނުވޭ
ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ

ރޯދަ ހަދިޔާ ބަރުކޮށްގެން ގއ. ނިލަންދޫ އާއި ގއ. ދާންދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ނިލަންދޫއަށެވެ. 

ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހިމް ވިދާޅުވީ، ބޯޓު ފަރަށް އަރާފައިވަނި ރޭގެ ފަތިހުގެ ވަގުތެއްގައި، ވިލިގިނލީ ކައިރީގައި އޮންނަ "އެކެފަރު" ނަމަކަށް ކިޔާ ފަރަކަށް ކަމަށެވެ. ނާސިހު ވިދާޅުވީ، ބޯޓުގައި ހުރި އެއްވެސް މުދަލެއް ސަލާމަތްކުރެވިފައި ނުވާ ކަމަށާއި، މި ވަގުތު ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ހަމަ އެހެންމެ، ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ނާސިހު ވިދާޅުވީ، މި ބޯޓަކީ ލިއޯ ޓްރޭޑިންގ ކުންފުންޏަށް ނިސްބަތްވާ ބޯޓެއް ކަމަށެވެ. އަދި، މި ކުންފުނީގެ ވެރިޔާ ޢަބްދުﷲ ސަވާދަކީ ނިލަންދޫއަށް ނިސްބަތްވާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. ލިއޯ ޓްރޭޑިންގ ކުންފުންޏަކީ ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ހަދިޔާ ދޭ ކުންފުންޏެއްކަން ނާސިހު ފާހަގަކުރެއްވިއެވެ. އަދި މި އަހަރު، ނިލަންދޫގެ އިތުރުން އެ އަތޮޅު ދާންދޫގެ ރައްޔިތުންގެ އެދުމުގެ މަތިން، ދާންދޫގެ ރައްޔިތުންނަށް ވެސް ހަދިޔާ ދިނުމަށް ލިއޯ ކުންފުނިން ނިންމާފައިވާ ކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު ވިދާޅުވިއެވެ.

މި ބޯޓުގައި އެ ދެ ރަށުގެ ކޮންމެ ގޭބިސީއަކަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމްލަ 50 ކިލޯގެ 1،080 ބަސްތާގެ ކާޑު ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco